ޚަބަރު

ކޯވިޑް-19 : އުޞޫލުތަކާ ޚިލާފަށް ހިންގާ ސިޔާސީ ޙަރަކާތްތައް ހުއްޓުވަަން ޤާނޫނީޙައްލެއް މުހިއްމު - ޝަރީފް


ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެއްގައި އުޞޫލުތަކާއި ޚިލާފަށް ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވަން ޤާނޫނީ ޙައްލެއް ގެނައުން މުހިއްމުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ބެލިނިވެރި ފަރާތުގެ ހައިސިއްޔަތުން ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކުރިއަށްގެންދާ ޙަރަކާތެއްތޯ ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންކަމަށެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް ޤާނޫނާ އެއްގޮތަށް ކުރިއަށްގެންދިއުމަށް އެކޮމިޝަނުން އަބަދުވެސް ހިތްވަރުދޭކަމަށާއި، ނަމަވެސް ބަލިމަޑުކަމުގެ ދުވަސްވަރު ކަމާ ގުޅުންހުރި ޢިދާރާތަކުން އަމަލުކުރުމަށް އަންގާފައިވާ އުސޫލުތަކާ ޚިލާފަށް ސިޔާސީ ހަރަކާތްތައް ހިންގާނަމަ އެކަންކަން އެކުރެވެނީ ޤާނޫނާ ޚިލާފަށްކަމަށެވެ.

އުސޫލުތަކާ ޚިލާފަށް ޚިލާފަށް ސިޔާސީ ޙަރަކާތްތައް ހިންގާނަމަ އެކަން ހުއްޓުވައިދޭން އެޗްޕީއޭގެ ގައިޑްލަންތައް ތަންފީޒުކުރަމުންގެންދާ ފުލުހުންގެ ކިބައިން އެކޮމިޝަނުން އެދިލެވުމާއި ގުޅިގެން ޤާނޫނާއި ޚިލާފަށް އެއްވުންތައްބާއްވާފައިވާ ޕާޓީތަކާއިގުޅޭ ތަފްސީލު ރިޕޯޓެއް ފުލުހުން މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

މި ރިޕޯޓުގައި މުޒާގަހަރާ ކުރި ދުވަސްވަރާއި، މުޒާހަރާކުރިން މީހުންގެ އިތުރުން ކުރިއަށްގެންދިޔަީ ކޮންކަހަލަ މުޒާހަރާތަކެއްތޯކުރީ އަދި ޚިލާފުވެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންގެ ކޮންބަޔަކާކަން ތަފްސީލުތަކާއެކުވަނީ ހިމަނާފައިކަމަށާއި، މިކަމާއި ގުޅިގެން ޕީޕީއެމުން ބޭއްވި އެއްވުންތަކާއި ގުޅޭގޮތުން ޖަވާބުދާރީވާންއެޕާޓީއަށް އަންގާފައިވާނެކަމަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

"ފުލުހުން ހުށައެޅި މުޒާހަރާތަކުގެ ރިޕޯޓުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީވުމަށް މިހަފްތާގެ ތެރޭގައި ޕީޕީއެމްއަށްވާނީ އަންގާފައި. އެފަރާތަށްވާނީ ޖަވާބުދާރީވާން 7 ދުވަހުގެ ފުރުސަތެއްދީފައި. އެހެންވީމަ އެގެފަހުން އެބޭފުޅުންދެއްވާ ޖަވާބެއްގެ އަލީގައި ކޮމިޝަނުން އެޕާޓީއާ ދޭތެރޭގައި ފިޔަވަޅުއަޅަން ފޭނޭތޯ ނުވަތަ ނޫންތޯ އެކަން ނިންމާނެ" އިލްކްޝަންސް ކޮމިޝަނުނުގެ ރައީސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ޤާނޫނާއި ޤަވާއިދުތަކާއި ތަކުރާރުކޮށް ޚިލާފުވާނަމަ ކޯޓު މެދުވެރިކޮށް އެޕާޓީއެއް އުވާލެވިދާނެކަމަށް ޤާނޫނުގައި ބުނެފައިވީނަމަވެސް ޕީޕީއެމްއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވާއިރު ގިނަ ބައެއްގެ މަސްލަޙަތު ހިމެނޭ އެފަދަ ޕާޓީއެއްއް އުވާލުމަކީ ވަރަށް ގިނަ ގޮތްގޮތުން ވިސްނަންޖެހޭނެކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ޕެންޑަމިކް ފަދަ ދުވަސްވަރުގައި އެއްވުންތައްފަދަ ސިޔާސީ ހަރަކާތްތައް ހުއްޓުވަން ޤާނޫނީ ޙައްލެއްގެނައުން މުހިއްމުކަމަށް އިލެކްޝަންސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. އާންމު ސިއްޙާތު ރައްކާތެރިކުރުމުގެ ޤާނޫނާ، ތަކުރާރުކޮށް ޚިލާފްވެފައިވާތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން މީގެ ކުރިންވެސް ވަނީ ޖޫރިނަމާކޮށްފައެވެ.

ކޯވިޑް-19ގެ ޙާލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެނބުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށްވާއިރު އެކަމާ ޚިލާފުވުމުން 150،000 ރުފިޔާއިން ޕީޕީއެމް ޕީއެންސީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅުގައެވެ.

އަދި މުޒާހަރާގައި ހަރާކާތްތެރިވި ދެ ޕާޓީގެ ލީޝަރޝިޕްގެ ފަރާތްތަކަށް ލިޔުމުން ނަސޭހަތްތެ ދީފައިވާނެކަމަށާއި، ނަމަވެސް މިފަހަރު ފުލުހުންގެ ރިޕޯޓްތައް އައިއިރު ލީޑަރޝިޕްގެ ވަކި ބޭފުޅުންތަކެއްގެ ވާހަކައައިސްފައިނުވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.