ޚަބަރު

ކޯވިޑް-19 : ކެންދޫ މޮނިޓަރިންއަށް ލައިފި


ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ބ.ކެންދުއަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިރަށް މޮނިޓަރިންއަށްލާފައިވަނީ އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ރަށުގެ އެހެން މީހުންނާ ދިމާވެފައިވާތީއެވެ. މިރަށުން އެންމެ ފަހުން މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ އެއަތޮޅު އަނަންތަރަ ކިހަވަށް ވިލާސް ރިސޯޓުން ހޯމް ކަރަންޓީނަށް ދިޔަ މީހެކެވެ.

ކެންދުއަށް އަރައި ފޭބުން މަނާކޮށް މޮނިޓަރ ކުރަން ފެށީ ކޯވިޑް-19އާ ގުޅިގެން، ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ވިދާޅުވެފައެވެ.

ކެންދުއަކީ މީގެކުރިންވެސް އެއްފަހަރު މޮނިޓަރިންއަށް ލީ ރަށެކެވެ.