ޚަބަރު

ކޯވިޑް-19 : މަތިވެރިން އިތުރު މީހަކު ޕޮޒިޓިވް، 18 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ


އއ.މަތިވެރިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އިތުރު ސާމްޕަލްތަކެއް މިއަދު ނަގައިފިއެވެ.

މަތިވެރި ކައުންސިލުން ވިދާޅުވީ މަތިވެރިން ޕޮޒިޓިވް ވެފައިވަނީ އެންމެ ފަހުން އެރަށުން ނެގި 47 ސާމްޕަލްތަކުގެ ތެރެއިން މީހެއްކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ ކުރިންވެސް ޕޮޒިޓިވްވި ގޭގެ މީހެއްކަމަށް އޭނާ ވިދާޅުވިއެވެ. މަތިވެރީގައި ކުރިން ނެގި ސާމްޕަލްތަކުގެ އިތުރުން އިތުރު 18 ސާމްޕަލެއް މިއަދު ނަގާފައިވާކަމަށާ މިހާރު އިންތިޒާރު ކުރަމުންދަނީ މިސާމްޕަލްތަކުގެ ނަތީޖާއަށްކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މަތިވެރީގައި ކޯވިޑް-19ގެ ބިރުވެރިކަން އުފެދިފައިވަނީ އެރަށުން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި މީހުންގެ ޢަދަދު އިތުރުވެ ބަލީގެ ޢަލާމާތްތައް ފެންނަ މީހުންވެސް އިތުރުވުމުންނެވެ. މަތިވެރީގެ ކޭސްތަކާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލާފައިވާއިރު، މަތިވެރި ކައުންސިލުން ވަނީ ރަށުގެ ކެފޭ، ހޮޓާ ބަންދުކޮށް، ފިހާރަތައްވެސް ބަންދުކޮށްފައެވެ. އަދި މިވަގުތު އެރަށުން ދެމުންދަނީ ޓެކްއަވޭގެ ޚިދުމަތް އެކަންޏެވެ.

މަތިވެރި ހިމެނޭހެން މިވަގުތު މޮނިޓަރިންގެ ޙާލަތަށް ރާއްޖޭގެ 4 ރަށެއް ވަނީ ލާފައެވެ. އެރަށްތަކަކީ ގއ. ދެއްވަދުއާއި، މ. ކޮޅުފުއްޓާއި ހއ.މުރައިދުއެވެ.