ޚަބަރު

ކޯވިޑް-19 : ޢަދަދުތައް މަތީގައި، 143 މީހަކު ޕޮޒިޓިވް


ކޯވިޑ-19އަށް މިއަދުވެސް 143 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 112 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 7 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 24 މީހުންނެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 15،390އަށް އިތުރުވެފައެވެ. ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 50 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 13،390 އެވެ.

މިވަގުތު ކޯވިޑް-19އަށް ފަރުވާދެމުން އަންނަީ 1،366 މީހަކަށެވެ. ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 101 މީހަކަށްދަނީ ފަރުވާދެމުންނެވެ. ވޭތުވެދިޔަ 24ގަޑިއިރު ކޯވިޑް19އަށް ޓެސްޓުކުރުމަށްޓަކައި 3،677 ސާމްޕަލްވަނީ ނަގާފައެވެ. މިހާތަނަށް ޓެސްޓުކުރުމަށްޓަކައި ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދުވަނީ 397،525އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން 51މީހުންވަނީ ނިޔާވެފައެވެ. އެއީ 43ދިވެހިންނާ، 8ބިދޭސީންނެވެ.