ކޯވިޑް-19

ކޯވިޑް-19 : އިތުރު 50 މީހުން ޕޮޒިޓިވްވެއްޖެ، ޢަދަދުތައް މައްޗަަށް!


ރާއްޖެއިން އިތުރު 50 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 29 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 19 މީހުންނެވެ. އަދި އަތޮޅު ތަކުގެ ރަށްރަށުން 3 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކުން 28 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 14،159 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން 29 މީހުންވަނީ ކޯވިޑް-19 ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 13،365 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 738 އެވެ. މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 54 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3،129 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލި ދެނެގަތުމަށްޓަކައި މިހާތަނަށް ޖުމްލަ 345،551 ސާމްޕަލްވަނީ ނަގާފައެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.