ޚަބަރު

ކޯވިޑް-19 : އެކްސްޓްރާޒެނެކާގެ ވެކްސިން ގަތުމަށް ސަރުކާރުން ނިންމައިފި


ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިންކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ސަރުކާރުން ވެކްސިން ގަތުމަށް ނިންމާފައިވާކަމަށެވެ. އަދި މިވެކްސިން ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން ދިވެހި ސަރުކާރާއި އެސްޓްރާޒެނެކާ ސިންގަޕޯރ ޕީޓީއީ އެލްޓީޑީއާ ދެމެދު މިކަމަށްޓަކާ އެއްބަސްވުމެއް އެކުލަވާލަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކުރައްވައެވެ.

ސިންގަޕޯރގެ އެކްސްޓްރާޒެކެނާއާއި އޮކްސްފޯޑް ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިން ގަތުމަށް ރާއްޖެއިން ނިންމާފައިވާއިރު މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ. އެގޮތުން މިވެކްސިންއާއ އެންމެ ވާދަވެރިކޮށް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ފައިޒާ ވެކްސިންއާ ޚިލާފަށް، މިވެކްސިން ޢާއްމު ޓެމްޕަރޭޗަރގައި މިވެކްސިން ރައްކާކުރެވެއެވެ.

ރާއްޖޭގައި ވެސް ވެކްސިން ލިބެންވާއިރަށް ވެކްސިން ރައްކާކުރުމަށް ޚާއްސަ ފިނިކޮށާރުތަކެއް މާލޭގެ އިތުރުން އަތޮޅުތެރޭގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ވެކްސިން ލިބެންވާއިރަށް ކުރަންޖެހޭ އިދާރީ ކަންކަން އެޗްޕީއޭއިން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ޑަބްލިއުއެޗްއޯގެ އެހީގައި ބައިނަލްއަޤުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މިވަގުތު މުޅި ދުނިޔޭގައިވެސް ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ހޯދުމުގެ ކަންކަން ކުރިއަށްގެންދަނީ ޕްރޮކިއުމަންޓްގެ ޚާއްސަ އުސޫލުތަކެއްގެ ދަށުންކަމަށްވާތީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ޚާއްސަ ޤަރާރަކުންވަނީ މިކަމުގައި ޢަމަލުކުރާނެ ގޮތްވެސް ޢާއްމުކުރައްވާފައެވެ. އެގޮތުން ވެކްސިންގެ ކަންކަން ކުރިއަށްދަނީ މާލިއްޔާތު ޤަވާއިދުގެ ދަށުންކަން ކަށަވަރުކުރުމަށް، އެކަމަށް ޚާއްސަ އިންޓަރނަލް އޮޑިޓެއްކުރަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެކްސްޓްރާޒެނެކާގެ ވެކްސިންގެ ޓެސްޓް މަރުޙަލާތައް ނިންމާ ފުރަތަމަ ފަހަރަށް އިގިރޭސިވިލާތުގައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.