އިންޑިޔާގެ މަޝްހޫރު ސަނަމް
ބޭންޑް އައްޑޫ ސިޓީގައި ރޭ ޚާއްސަ ޝޯވއަަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްްޖެއެވެ.
'' ވިޒިޓް މޯލްޑިވްސް
އިޔަރ މިއުޒިކް ފެސްޓިވަލް'' ގައި މިހާރު ރާއްޖެ އައިސް އުޅޭ އިންޑިޔާގެ ސަނަމް
ބޭންޑުން އައްޑޫ ސިޓީގެ ފޭދޫގައި ރޭ ބޭއްވި ޝޯވ ބަލަން އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ގޮސްފައިވެއެވެ.
މީގެ އިތުރުން ފުވައްމުލަކުންވެސް 300އާ ގާތްކުރާ އަދަދަކަށް މީހުން މި ޝޯވ ބަލަން ދިޔަ ކަމަށް ޝޯވ އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި ޝޯވގައި ސަނަމް ބޭންޑާއި، މޫޝަން އެންޑް ފްރެންޑްސް
އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ލަވަތައް ހުށައަޅައިދިނެވެ.
ޝޯވގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މާކެޓިންގ
އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ
ޢަބްދުﷲ ޒިޔަތު ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވި މިޝޯވ އަކީ މިިހާތަނަށް އައްޑޫ ސިޓީގައި ބޭއްވި
ކުލަގަދަ ތާރީޚީ ޝޯވ ކަމަށެވެ.
'' މި ޝޯވ އަކީ އައްޑޫގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޝޯވ، އެހެންކަމުން ޝޯވ ބޭއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ނާއިބް ރައީސް އަޙުމަދު އަދީބުގެ އިސްނެންގެވުން އަޅުގަނޑު ފާހަގަކުރަން. ވަކިން ޚާއްސަކޮށް ރައީސުލްުޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދަ ކަންކަމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތު ފާހަކުރަން. '' ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތުވަނީ އެކަމަނާ މިވަގުތު ހޮސްޕިޓަލްގައި އޮންނެވުމުގެ ސަބަބުން ޝޯވގައި ބައިވެރިވެވަޑާއިނުގެންނެވޭތީ އެއީ ޝޯވއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ޝޯވ އަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެކަމަނާގެ ފަރާތުން ދެއްވާ ހަދިޔާއެއްކަމަށް ޒިޔަތު ވިދާޅުވިއެވެ.
އިންޑިޔާގެ ސަަނަމް ބޭންޑު ރާއްޖޭގެ މިނިވަންކަމަށް
ފަންސާސް އަހަރު ފުރުނު މުނާސަތާ ގުޅިގެން މާލޭގައިވެސްވެސް ޚާއްސަ އެއް ޝޯވއެއް
ބާއްވާފައެވެ. އެޝޯއަށްވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.
އައްޑޫ ސިޓީއަށް
ސަަނަމްސަނަމް ބޭންޑު އައްޑޫ ސިޓީއަށް ކުރާ ދަތުރު ނިންމާލުމަށްފަހު އެނބުރި ދިއުމަށް ހަމަޖެހިފައިވަނީ
މިމަހުގެ ސޯޅަ ވަނަ ދުވަހުއެވެ.