ކުޅިވަރު

ތުރާކުނު ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި


ހއ. ތުރާކުނު ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ރަށަށް ގެންގޮސް އިންސްޓޯލު ކުރުމަށް އަމިއްލަ ކުންފުޏަކާއެކު ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު ޢަލީއެވެ. މައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޝައުޔާއެވެ.

މިމަސައްކަތް މައިނާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އަދި މި މަސައްކަތަށް ޖުމްލަ 1.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޔޫތު މިނިސްޓްރީން މީގެކުރިންވަނީ ފ.ނިލަންދޫ، ނ.ހޮޅުދޫ، ތ.ވިލުފުށި އަދި ނ.ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.