ކޯވިޑް-19

ކޯވިޑް-19: ބ.ފުޅަދޫން ބަޔަކު ޕޮޒިޓިވްވެއްޖެ


ބ.އަތޮޅު ފުޅަދޫން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވެއްޖެއެވެ.

އެރަށުން ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިބި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހެކެވެ. މިދެމީހުންނަކީ އެރަށުގައި ހިންގާ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރުމަށް ގެނައި ދެބިދޭސީންނެވެ. މިމީހުން ޕޮޒިޓިވް ކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލުންނެވެ.

މިމީހުންގެ ސާމްޕަލް ޓެސްޓް ހަދާފައިވަނީ ބ.އަތޮޅު ހޮސްޕިޓަލުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި މީ ފުޅަދޫން ކޯވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ. ބ.އަތޮޅު މީހުން ދިރިއުޅޭ ރަށްތަކަށް ހޯމް ކަރަންޓީންނަށް އަންނަ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. ހޯމް ކަރަންޓީނަށް ދިޔުމުގެ ހުއްދަ ސަރުކާރުން ދިނުމާ ގުޅިގެން މިދިޔަ މަހުގެ ނިޔަލަށް 1000އަށްވުރެ ގިނަމީހުން ވަނީ ހޯމް ކަރަންޓީންނަށް ގޮސްފައެވެ.

ބ.އަތޮޅު އޭދަފުށީގައި ހުންނަ ކޯވިޑް ފެސިލިޓީގައި 6 މީހަކަށް ފަރުވާދެމުން އެބަދެއެވެ.