ތަޢުލީމު

ކެލާ ސްކޫލުގައި އިމާރާތްކުރާ މަލްޓި ޕަރޕަސް ހޯލުގެ ނުނިމި ހުރި މަސައްކަތްތައް ބަޔަކާއި ޙަވާލުކޮށްފި


ހއ. ކެލާ މަދަރަސަތުލް ޝައިޚް އިބްރާހީމްގައި އިމާރާތްކުރަން ފަށާފައިވާ މަލްޓި ޕަރޕަސް ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކޮށްފައި ވަނީ ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އަދި ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން އަހުމަދެވެ.

ކެލާ މަދަރަސަތުލް ޝައިޚް އިބްރާހީމްގެ މަލްޓި ޕަރޕަސް ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ޕެންސާރޭ މޯލްޑިވްސް އާއި ޙަވާލުކޮށްފައި ވަނީ 177 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަސައްކަތަށް 5.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، 2021 ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.