އަތޮޅުތައް

އިހަވަންދޫގެ ފެންހޮޅިތަކަށް ދިމާވި މައްސަލަ ހައްލުކުރަނީ


ހއ. އިހަވަންދޫގައި ޔުނޮޕްސްއިން ޤާއިމް ކޮށްފައިވާ ފެންހޮޅިތަކުގެ ލީކުތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށައިގެން ކުރިއަށްދާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ. ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅުވައިގެން މިއަހަރު އިހަވަންދޫގައި ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް ކުރިން ނިންމާފައިވީނަމަވެސް އެމަސައްކަތް އެދުވަހު އިފުތިތާހު ކުރެވިފައިނުވަނީ މައްސަލަތަކެއް ދިމާވުމުން ކަމަށެވެ. އެގޮތުން އަޅާފައިވާ ފެންހޮޅިން ރަށުގެ އެކި ހިސާބު ތަކަށް ފެން ލީކުވެ މަގުތަކުގައި ފެން ބޮޑުވި ކަމަށެވެ. މުއީދު ވިދާޅުވީ މިމަހުގެ އައްވަނަ ދުވަހު ފެށި އެމަސައްކަތް 1 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމް.ޑަބުލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއްވާފައިވާ ކަމަށާއި މިހާރު ކުރެވެމުންދާ މަސައްކަތަކީ ފެން ލީކުވާ ކަމަށް ފާހަގަ ކުރެވިފައިވާ ތަންތަން ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ. އިހަވަންދޫގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ތިރީހުގައި ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.