އަތޮޅުތައް

އަޟްހާ އީދު ބަންދުގައި އުތީމް ގަނޑުވަރު ހުޅުވާފައި ބަހައްޓަނީ


މިއަހަރުގެ
އަޟްހާ އީދާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގެ، ވަކި ގަޑިތަކެއްގައި އުތީމް ގަނޑުވަރު
ހުޅުވާފައި ބެހެއްޓުމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ނިންމަައިފިއެވެ.



ޑިޕާޓްމަންޓް
އޮފް ހެރިޓޭޖުން ނެރުނު ނޫސްބަޔޭނެއްގައި ބުނެފައިވަނީ އީދު ޗުއްޓީގެ ދުވަސް
ވަރަކީ ހއ.އުތީމަށް ގިނަ ފަރާތްތަކެއް ޒިޔާރަތްކުރާ ދުވަސްވަރަކަށް ވުމާއި
ގުޅިގެން އަންނަ ހަފްތާގެ އާދީއްތަ، ހޯމަ، އަންގާރަ އަދި މިމަހުގެ 26 ވާ ހޮނިހިރު
ދުވަހާއި އަދި 27 ވާ އާދިއްތަދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި
މެންދުރުފަހު 1:00 އިން 3:00 އަށް އުތީމް ގަނޑުވަރު ހުންނާނީ ހުޅުވާފައި ކަމަށެވެ.



އަދި ގަނޑުވަރު ދެއްކުމަށް ހަމަޖެހިފައިވާ އެންމެ ފަހު
ވަގުތަކީ މެންދުރުފަހު 3:00 ކަމުގައި ވީ ނަމަވެސް ޓިކެޓް ވިއްކުމަށް
ހަމަޖެހިފައިވާ އެންމެ ފަހު ވަގުތަކީ މެންދުރުފަހު 2:30 ކަމަށްވެސް އެ
ޑިޕާޓްމެންޓުން ހާމަކުރެއެވެ.