އަތޮޅުތައް

ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އާ ހޯލު އެ ސުކޫލާއި ހަވާލުކޮށްފި


ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތްކުރި ހޯލުގެ މަސައްކަތް ނިންމާ، އެސްކޫލާ ހަވާލުކޮށްފިއެވެ.2011 ވަނަ އަހަރު ބިންގާ އެޅުނު އެ ހޯލަކީ ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކޮށްފައިވާ ހޯލެކެވެ.500 މީހުންގެ ޖާގައިގެ މި ހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް އަދި ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމެއް ހިމަނާފައިވެއެވެ.މި ހޯލުގެ މަސައްކަތް ކުރުމަށް ފުރަތަމަ ހަވާލުކުރެވިފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޔުމާން ކޮންސްޓްރަކްޝަން އާއިއެވެ. އެހެން ނަމަވެސް މަސައްކަތް ހަވާލު ކުރިތާ އަހަރެއްފާއިތުވެ ދިޔައިރު އެ ކުންފުނިން މަސައްކަތް ފަށާފައިނުވާތީ ފަހުން އެމަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންއާއިއެވެ.