އަތޮޅުތައް

މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެއްޖެ


ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.ނ އަތޮޅު ހޮސްޕިޓަލުން ބުނީ ވިހަވެގެން ފަރުވާދެމުންދަނީ 2 އަންހެނަކަށާއި، ފިރިހެނަކަށް ކަމަށެވެ.މި 3 މީހުންވެސް މަނަދޫއަށް ގެނެސްފައިވަނީ ރޭ އިރާކޮޅު ކަމަށާއި، ގެނައި ވަގުތު ތިން މީހުންވެސް ސީރިއަސްކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަދި މިހާރުވެސް ތިން މީހުންނަށް ފަރުވާ ދެމުންދާއިރު، އެކަކުގެ ހާލަތު ސީރިއަސް ކަމަށް ނ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.މި ތިން މީހުންނަކީވެސް އެރަށުގެ އެއް ގެއަކަށް ނިސްބަތްވާ ތިން މީހުން ކަމަށާއި، އެ މީހުން ކައިފައިވަނީ ހަނދީގެ ވައްތަރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.