ޚަބަރު

ތޫނު އެއްޗަކުން މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަަރުކޮށްފި


މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީގެން ރިޕޯޓްކޮށްފައިވަނީ މިރޭ 20:45 ހާއިރުކަމަށެވެ. މި ޙާދިސާގައި ޒަޙަމްވި މީހާއާއި ގުޅޭ މަޢުލޫމާތު ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް، އޭނާ އަށް ފަރުވާ ދިނުމަށްޓަކާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާއަށް ހަމަލާދީފައިވަނީ ހަވީރީހިނގުމާއި ޝަހީދު ޢަލީ ހިނގުމާގުޅުނު ހިސާބުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަގައިގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވަނީ ތޮއިބާ މިސްކިތް ކައިރިންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.