ތިމާވެށި

ރާއްޖޭގެ "މަލްޓި ހަޒާރޑް ރިސްކް އެޓްލާސް" އިފްތިތާހުކޮށްފި


މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ދިވެހިރާއްޖޭގެ "މަލްޓި ހަޒާރޑް އެޓްލާސް" އިފްތިތާހުކޮށްފިއެވެ.

މި އެޓްލަސް އިފްތިތާހް ކުރމުގެ ގޮތުން ބޭއްވުނު ވާރޗުއަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑ.ރ ހުސެން ރަޝީދު ހަސަން ވިދާޅުވީ މިއެޓްލަސް ގެ ސަބަބުން، ތަރައްޤީގެ އެއި މަޝްރޫއުތަކާއި ބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކުގެ މައްޗައް ނުވަތަ އެވިޑެންސްބޭސްޑް ޑެސިޝަން ނެގުމުގައި އެހީތެރިވެދޭނެ ކަމަށެވެ. މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި، މާލީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް އިތުރުކޮށްދެވޭނެއެވެ.

މި އެޓްލަސްއަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީގެ ފަންނީ އެހީ އާއިއެކު، "ކްލައިމެޓް ރިސްކް ސްކްރީނިންގ ފޯރ މެއިންސްޓްރީމިންގ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންޓު ޑިވެލޮޕްމަންޓް އެކްޓިވިޓީސް އެންޑް ޕޮލިސީސް" ޕްރޮޖެކްޓްގެ ދަށުން ދިރާސާކުރެވި ތައްޔާރުކުރެވިފައިވާ އެޓްލަސް އެކެވެ.

މި އެޓަލަސްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ، ތަރައްޤީގެ އެކިއެކި މަޝްރޫއުތައް ބައްޓަންކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެ މައުލޫމާތުތަކެވެ. މިއެޓްލަސް ތައްޔާރު ކޮށްފައިވަނީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް، ޖީ.އައި.އެސް ޕްލެޓްފޯމެއްގެ މައްޗަށެވެ. އަދި މި މައުލޫމާތު އާއްމުކޮށް ލިބޭނެގޮތަށް އޮންލައިން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ކުރެވެމުންނެވެ. އަދި އެޓަލަސްގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިހާރުވެސް ލިބެން ހުންނާނެއެވެ.