ކުޅިވަރު

ތިއާގޯ ސިލްވާ ޗެލްސީ އަށް ގެންދަނީ


އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމުގެ ގޮތުން ޕީއެސްޖީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ގެންދަން މަސައްކަތް ފަށައިފިއެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އުމުރުން 35 އަހަރުގެ ސިލްވާ ޕީއެސްޖީއާ ވަކިވާނެއެވެ.

ކުރިން އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅުނު ސިލްވާ އަކީ ބަޔާނަށް އަށްއަހަރު ކުޅެދީފައިވާ ކުލަބުގެ ކެޕްޓަނެވެ. އަދި ވަރުގަދަ ޑިފެންޑަރެކެވެ.

އޭނާ އަށް ޕީއެސްޖީން އަހަރަކު 1.3 މިލިއަން ޔޫރޯގެ މުސާރައެއްދެމުން އަންނައިރު ދެން ސޮއިކުރާ ކުލަބަކަށްދާނީ ދެ އަހަރުގެ އެގްރީމެންޓެއްގައި ކަމަށް ސިލްވާއާ ހަވާލާދީ އޭނާގެ އެޖެންޓު ވަނީ ބުނެފައެވެ.

ސިލްވާ ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކު ހޯދުމަށް ޗެލްސީން މަސައްކަތް ފެށީ އެކުލަބުގެ ޑިފެންސް ލައިނަށް ދިމާވެފައިވާ މައްސަލަތައް ހަލުކުރުމަށެވެ. އަދި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ޗެލްސީން ވަނީ ހާކިމް ޒިޔާޝް އާއި ޓިމޯ ވާނާ ވެސް ގެންގޮސްފައެވެ.