ޚަބަރު

ދިހަ ހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށް އެބަދޭ - މިނިސްޓަރ އަސްލަމް


ރޯހައުސްގެ ގޮތުގައި 1400އަށްވުރެ ގިނަ ޕްލޮޓާއި، ހައުސިން ފްލެޓްތަކުގެ ގޮތުގައި 10،000އަށްވުތެ ގިނަ ޔުނިޓް އެޅުމުގެ މަސައްކަތް ރާވައި ކުރިއަށްގެންދަމުންދާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވަނީ ރައްޔިތުންގެ މަޖިލީހައް ހާޒިރުކޮށްފައެވެ. ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށައެޅުއްވި 5 ސުވާލާއި ގުޅިގެން މިނިސްޓަރ އަސްލަމް މަޖިލީހަށް ހުށައެޅުއްވި ލިޔުމުގައި ވަނީ މިހާރު ސަރުކަރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހައުސިންގ މަޝްރޫޢުތަކުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ގޯތި ނުވަތަ ރޯހައުސްގެ ގޮތުގެ 1474 ޕްލޮޓް ގުޅީފަޅާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިމެނޭހެން ދޫކުރުމުމަށް ނިންމާފައިވާކަމަށެވެ.

ރޯހައުސްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަަނީ:

- ގުޅީފަޅުން 750 އަކަފޫޓުގެ 1200ޕްލޮޓް
- ހުޅުމާލެ ފޭސް2އިން 1000އަކަފޫޓުގެ 26ޕްލޮޓް
- ހުޅުމާލެ ފޭސް2އިން 1000އަކަފޫޓުގެ 248ޕްލޮޓް( ވިއްކުމަށް)

މާލެ ސަރަޙައްދުގައި އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 10،294 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. 9 މަޝްރޫޢުއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓް ކުރިއަށްދާނީ ހުޅުމާލޭގައެވެ.

މި މަޝްރޫޢުގެތެރޭގައި ހިމެނެނީ:

1 - އެފްޑީސީ އެފޯޑަބަލް( 4000 ޔުނިޓް)، 2-3ކޮޓަރި. އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ތައްޔާރީތައްދަނީ ވަމުން.
- މަސައްކަތް ފަށާ ތާރީޚް : ނޮވެމްބަރު 2020 / މަސައްކަތް ނިންމާ ތާރިޚް: ނޮވެމްބަރު 2023

2 - ސީއެޗްސީ ހައިއެންޑް (1155 ޔުނިޓް) ، 2-3ކޮޓަރި. ޕްރޮޖެކްޓް ފޯމިއުލޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
- މަސައްކަތް ފަށާ ތާރީޚް : ޖޫން 2021 / މަސައްކަތް ނިންމާ ތާރީޚް: ޑިސެމްބަރ 2023

3 - ޕްރިމިއަމް ވިލާ (78 ޔުނިޓް)، 2-3 ކޮޓާރި. ޕްރޮޖެކްޓް ފޯމިއުލޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
- މަސައްކަތް ފަށާ ތާރީޚް : ޖެނުއަރީ 2023 / މަސައްކަތް ނިންމާ ތާރީޚް: 2025

4 - އެފްޑީސީ ސީނޯ ހައިޑްރޯ އެފޯޑަބަލް(1700 ޔުނިޓް) ، 2-3 ކޮޓަރި. ޓަރމް ޝީޓްތަށް ފިނޭނެސް މިނިސްޓްރިގެ އެޕްރީވަލްއަށް ފޮނުވާފަ.
- މަސައްކަތް ފަށާ ތާރީޚް : އޮކްޓޯބަރ 2020 / މަސައްކަތް ނިންމާ ތާރީޚް: ސެޕްޓެމްބަރ 2022

5- އައިމިނާދީ ހައިއެންޑް (100 ޔުނިޓް) ، 2-3 ކޮޓަރި. ޑީޓެއިލް ކުރެހިންތައް ހުށައެޅުމުގެ މަރުޙަލާގައި.
- މަސައްކަތް ފަށާ ތާރީޚް : އޮކްޓޯބަރ 2020 / މަސައްކަތް ނިންމާ ތާރީޚް: ޑިސެމްބަރ 2021

6- ޖޭވީ އެމްއައިޕީ އެންޑް އާރްސީ(162 ޔުނިޓް( ، 2-3 ރޫމް. ޑީޓެއިލް ކުރެހުންތަށް ހުށައެޅުމުގެ މަރުޙަލާގައި.
- މަސައްކަތް ފަށާ ތާރީޚް : ޑިސެމްބަރު 2020 / މަސައްކަތް ނިންމާ ތާރީޚް: ސެޕްޓެމްބަރ 2022

7- އެޗްޑީސީ ކައުންސިލް ހައުސިންގ ( 2000 ޔުނިޓް) ، 2-3 ކޮޓަރި. ޕްރޮޖެކްޓް ފޯމިއުލޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
- މަސައްކަތް ފަށާ ތާރީޚް : ޖެނުއަރީ 2021 / މަސައްކަތް ނިންމާ ތާރީޚް: ޖެނިއަރީ 2023

8- އެޗްޑީސީ ހައިއެންޑް(355 ޔުނިޓް) ، 2-3ކޮޓަރި. މި މަޝްރޫޢުގެ ޑިވެލޮޕަރސް ހޯދުމަށްވަނީ ބިޑަށް ހުޅުވާލާފައި.
- މަސައްކަތް ފަށާ ތާރީޚް : ޖެނުއަރީ 2021 / މަސައްކަތް ނިންމާ ތާރީޚް: ޖެނިއަރީ 2023

9- މިކްސް ރެސިޑެންޝިއަލް( 744 ޔުނިޓް) ، 2-3 ކޮޓަރި. ޕްރޮޖެކްޓް ފޯމިއުލޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
- މަސައްކަތް ފަށާ ތާރީޚް : ޖެނުއަރީ 2022 / މަސައްކަތް ނިންމާ ތާރީޚް: ޖެނިއަރީ 2024


މިނިސްޓަރ އަސްލަމް ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރެއިން ކައުންސިލް ހައުސިންގ މަޝްރުޢޫއަކީ އެންމެ ދަތިކޮށް، އަދި އާމްދަނީ އެންމެ ކުޑަކޮށް ލިބޭ މީހުން، މަގުމަތިވިޔަ ނުދިނުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިއުމަށް ނިންމި މަޝްރުޢޫއެއްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.