އަތޮޅުތައް

ރ.އިންނަމާދޫ އާ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި


ކަރަންޓުގެ ޚިދުމަތް 24
ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ ރ. އިންނަމާދޫގެ ރައްޔިތުންނަށާއި، ޚާއްސަކޮށް
އެރަށުގެ ވަޑިންނަށް ލިބިގެން ދިޔަ އެންމެ ބޮޑު ކުރިއެރުންކަމުގައި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެެވެ. 



ރ.
އިންނަމާދޫ އާ އިންޖީނުގެ ހުޅުއްވާދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން
ވިދާޅުވީ، އާބާދީ ކިތަންމެ ކުޑަ ނަމަވެސް ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި
އެއިން ކޮންމެ ރަށެއްގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް
ޔަޤީންކޮށްދެއްވާނެކަމަށެވެ. 860 މީހުންގެ އާބާދީއެއް އޮންނަ އިންނަމާދޫ އިންޖީނުގެ އާ
އިމާރާތް ރަސްމީކޮށް ހުޅުއްވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި، ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް
ބަދަލުވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށާއި، ޚާއްސަކޮށް އެރަށުގައި އުޅޭ ކިއްސަރު ވަޑާމުގެ ގިނަ ވަޑިންނަށް ލިބިގެން
ދިޔަ އެންމެ ބޮޑު ކުރިއެރުންކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ވަޑާމުގެ
މަސައްކަތާއި، ސިނާއީ މަސައްކަތް ކުރާފަރާތްތަކުގެ މަސައްކަތަށް ބެލުމަށްފަހު
ކަރަންޓުގެ ކެޕާސިޓީ އިތުރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް އެމަނިކުފާނު
ވިދާޅުވި. މީގެ އިތުރުން އެރަށުގެ ތަރައްޤީއަށް ބޭނުންވާ މަސައްކަތްތައް
ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން ކޮށްދެއްވާނެކަމުގެ ޔަގީންކަން
އެމަނިކުފާނު އިންނަމާދޫ ރައްޔިތުންނަށް އެރުއްވިއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ނިމާލް ވިދާޅުވީ، މީގެ ކުރިން އެރަށު އިންޖީނުގެ މީހުން ދިރިއުޅޭ
ހިސާބުގައި ހުރުމުން ދިމާވާ ގިނަ ދަތިތަކުގެ ސަބަބުން ރައްޔިތުންގެ ގިނަ
ޝަކުވާތަކެއް ލިބުނުކަމަށެވެ.  ނަމަވެސް އާ އިންޖީނުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި
ދުރަށް ބަދަލުކުރެވުމުން ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އައިސް 24 ގަޑިއިރުގެ
ކަރަންޓްގެ ޔަގީންކަން ލިބިގެންދާނެކަމަށް ނިމާލް ވިދާޅުވިއެވެ.މިދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކާގައި، ސަރުކާރުން
މިދާއިރާގެ ރައްޔިތުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން
ގެންދަވާކަން ފާހަގަކުރެއްވިއެވެ. އިންނަމާދޫ އާ އިންޖީނުގެއާއި ކަރަންޓު ނިޒާމް ތަރައްގިކުރުމަށް އަށް
މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.