ޚަބަރު

ކޯވިޑް-19 : މިއަދު 129 މީހުން ޕޮޒިޓިވް


ރާއްޖެއިން މިއަދު ކޯވިޑް-19އަށް 129 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިދަޑިވަޅުގައި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އިތުރުވަމުންދަނީ ދިވެހިންނެވެ. މިގޮތުން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 93 ދިވެހިން ހިމެނެއެވެ. މިއާއެކު ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިވަނީ 2178އަށް އަރާފައެވެ.
މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 127 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 4293 އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހަކާއި، އިންޑިއާގެ 8 މީހަކާއި، ސްރީލަންކާގެ 4 މީހަކާއި، އިންޑޮނޭޝިއާގެ މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 27 މީހުންނެވެ. މިއާއެކު ރާޢްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2670އަށް އަރާފައެވެ. އަދި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1490އަށް އަރާފައެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް 92 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރެއިން 6 މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދާއިރު 2 މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

ފަރުވާ ދެމުންދާ ހޮސްޕިޓަލްތައް:
- ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް.11-1 މީހެއް.
- ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް.16-2 މީހެއް
- ށ.ފުނަދޫ މެޑިކަލް ފެސިލިޓީ -1 މީހެއް
- ބ.އޭދަފުށި މެޑިކަލް ފެސިލިޓީ -1 މީހެއް
- ހުޅުމާލެ މެޑިކަލް ފެސިލިޓީ-87 މީހުން

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި 82208 ސާމްޕަލްއެއް ވަނީ ނަގާފައެވެ. މިވަގުތު އައިސޮލޭޝަންގައި 1013 މީހުން އެބަތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.