ދީން

ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފި


މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ
ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.



މިއަދު ހައްޖަށް ފުރާފައިވަނީ ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖަށް
ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން 286 މީހުންކަމަށް 
އެ ކޯޕަރޭޝަނުން ބުނެއެވެ. އެމީހުން
މިއަދު މައްކާއަށް ދާނީ އެތާގަޑިން ހަވީރު ތިން ގަޑި ސާޅިސް ފަހެއްގައި ކަމަށް ޙައްޖު
ކޯޕަރޭޝަނުން ބުނެއެވެ. މިއަދު ހައްޖަށް  ފުރި
މީހުން ފުރާފައިވަނީ އެކަމަށްޓަކައި ޗާޓަރކޮށް ފައިވާ މެގަމޯލްޑިވްސްގެ
ހާއްސަ ފުލައިޓަކުންނެވެ.



މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 
ރާއްޖެއިން 2000 މީހުން ބައިވެރިވާނެއެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުގެ
ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 1300 މީހަކާއި އަމިއްލަ
3 ކުންފުންޏެއްގެ ހަވާލުގައި ހައްޖަށް ދާ 700 މީހުންނެވެ.



މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިޔަން މީހުން ބައިވެރިވާނެކަމަށް ސައުދީ އަރަބިއްޔާއިން ބުނެއެވެ.