ޚަބަރު

އޭދަފުށީގެ ގިނަމަގުތައް ތާރުފަށަލަ އަޅާ މިންވަރަށް ތައްޔާރު ކޮށްފި


ބ.އޭދަފުށީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢޫގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ބ.އަތޮޅު ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ތާރުއެލުމަށް، އަޅަންޖެހޭ ފަށަލަތައް އެޅުމުގެ މަސައްކަތް ކަމަށެވެ. މިމަގުން ދުއްވާ އެއްޗެއްސަށް ނުވަދެވި، އެމްބިއުލާންސް ހޮސްޕިޓަލަށް ނުވެއްދޭތީ މިމަސައްކަތް އަވަސް ކޮށް، އެމަގުގައި އަޅަންޖެހޭ ލޭޔާ އެޅުމުގެ މަސައްކަތް މާދަމާ ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

މި މިމޝްއްރޫގެ ދަށުން ދުވާރުތަކުގެ ޑިޒައިންތައް ބަލައި ސާރވޭކޮށް، ބައެއް މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓްރޯމްވޯޓަރ ސްޓޭޝަންތައް ހަރުކޮށް ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި އޭދަފުށީ ބޮޑެތި މަގުތަކުގެ އިތުރަށް އާންމުކޮށް މީހުންބޭނުން ކުރާ މަގުތަކުގައިވެސް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިމަސައްކަތް ހަވާލުކޮށްފައިވަނީ 38.4 މިލިއަން ރުފިޔާއައަށް އެމްޓީސީސީ އާއެވެ.
އެކުންފުންޏާ މި މަސައްކަތް ޙަވާލުކުރުމުން، އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރީލް 2019 ގައެވެ. .