އދ. ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ. ހަދިސާ މައުލޫމާތު ލިބުމާއި އެކު އެރަށަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކޮށްފައިވެއެވެ.
އަލިފާން ރޯވި ސަރަހައްދުގައި ވިލަމެންދޫ ރިސޯޓާއި ސެންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަލިފާން ނިވާލުމަށް މާމިގިލީ ފަޔަރ ސްޓޭޝަންގެ ޓީމެއްވެސް ވަނީ އެ ރިސޯޓަށް ގޮސްފައި ވެއެވެ.
މިހާދިސާ ހިނގާފައިވަނީ، ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައިއެވެ.