ވިޔަފާރި

ހާފް ޑޭ ލީވް ތަޢާރަފްކުރުމަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ތާޢީދުކޮށްފި


ވަޒީފާއާބެހޭ ޤާނޫނުގައި ހާފް ޑޭ ލީވް ހިމެނުމަށް ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ތާޢީދުކޮށްފިއެވެ.

ވަޒީފާއާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ހިޔާލު ހޯދުމަށް ބޭއްވި އިޤްތިސާދީ ކޮމެޓީ އާއި އިޖްތިމާއީ ކޮމެޓީގެ ޖޮއިންޓު ކޮމެޓީ ބައްދަލުވުމުގައި އެމްއޭސީއެލް، އެމްޕީއެލް، އެމްޓީސީސީ، ސްޓެލްކޯ އަދި ވެމްކޯއިން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވަޒީފާއާ ބެހޭ ޤާނޫނަށް އެކުންފުނިތަކުން ހުށަހަޅަން ބޭނުންވާ އިސްލާޙުތައް ކޮމެޓީގެ މެމްބަރުންނާއި ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި އިޖްތިމާޢީ ކޮމެޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާވަނީ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހާފް ޑޭ ލީވް ހިމެނުމާ ގުޅޭގޮތުން ބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުގެ ބޭފުޅުންގެ ހިޔާލު ހޯދާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ގިނަ ކުންފުނިތަކުން ވަނީ ހާފް ޑޭ ލީވް ވަޒީފާއާއި ބެހޭ ޤާނޫނުގައި ހިމެނުމަށް ތާޢީދުކޮށްފައެވެ.

ކުންފުނިތަކުން ޤަބޫލުކުރާ ގޮތުގައި މި ފަދަ ލީވް އަކާއެކު މުވައްޒަފުން ސަލާމް ބުނާ އަދަދު މަދުވެގެންދިޔުން އެކަށީގެންވެއެވެ. ހާފް ޑޭ ލީވް އަކީ ޤަބޫލްކުރެވޭ ސަބަބަކާއެކު އޮފީހުގެ ހުއްދައާއެކު ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިއަށް ލުޔެއް ހޯދުމެވެ.

ކުންފުނިތަކުން ބުނާގޮތުން ސަލާމް ބުނާ މުވައްޒަފުންގެ އަދަދު ގިނަވުމަކީ ދިމާވެފައިވާ ބޮޑު މަސައްލައެކެވެ. އަދި ބައެއް މުވައްޒަފުން ވަގު މެޑިކަލް ސެޓްފިޓު އޮފީހަށް ހުށަހަޅާ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ބަލަމުންދާކަމަށް ބައެއް ކުންފުނިތަކުން ބުނެއެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ފަރާތުން ބުނީ މުވައްޒަފުންގެ މެދުގައި ސަލާމް ގިނަވާ ސަބަބެއް ބަލާ އެކަމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވުމުން ވަޒީފާއަކަށް ދިޔުމުގެ އިތުރަށް އާމްދަނީއެއް ހޯދުމަށް އަމިއްލަ މަސައްކަތެއް ކުރަން ގިނަ ބަޔަކަށް ޖެހިފައިވާ ކަމަށާއި ބައެއް މީހުން އަމިއްލަ މަސައްކަތް ކުރުމަށް ވަގުތު ދިނުމަށްވެސް އޮފީހަށް ސަލާމް ބުނާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މުވައްޒަފުންނަށް އޮފީހުން ރަނގަޅު މުސާރައެއް ލިބޭ ނަމަ ސަލާމް ބުނާ ވަރު މަދުވާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ވަޒީފާއަށް ސަލާމް ބުނުމަށްފަހު ޑޮކްޓަރުގެ ލިޔުން ނުވަތަ މެޑިކަލް ސެޓިފިކެޓާ ނުލައި 15 ދުވަހު ސަލާމް ބުނެވޭނެގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަވާނެކަމަށް އެޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ވަޒީފާއާބެހޭ ޤާނޫނު މިހާރު އޮންނަގޮތުން ސަލާމުގެގޮތުގައި ކޮންމެ އަހަރަކު ކޮންމެ މުވައްޒަފަކަށް 30 ދުވަސް ލިބެއެވެ. ނަމަވެސް ވިދިވިދިގެން ދެދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ ޑޮކްޓަރުގެ ލިޔުމެއް ނުވަތަ މެޑިކަލް ސެޓިފިކެޓް ހުށައަޅަންޖެހެއެވެ.

ދޮންމަނިކު

ނައިޓް ޑިއުޓީ ކުރާމުވައްޒަފުން ، ސިފްޑިއުޓީ ކުރާ މުވައްޒަފުންނައް ވަކިންހާސަކޮއް ނައިޓް ޑިއުޓީ ކުރާމުވައްޒަފުންނައް ރަގަޅު ގޮތެއް ހައްދާވާދެއްވާ

މުހައްމަދު125939

މުޅި ދުވަހު އޮފީހުގައި.. ފަތިސް ނަމާދު ކޮށްގެން އެއްކޮށް އޮފީހަށް ގޮސް މެންދުރަށް އޮފީސް ނިމޭނަމަ އާއިލާއާއި އިތުރު މަސައްކަތެއް ކުރެވޭ..