ވިޔަފާރި

ރަސްމާލެ: ތަރައްޤީއާއި އިޤްތިޞާދީ ހަރަކާތްތެރިކަން އެކުއެކީގައި


  • ވިޔަފާރި ހިންގުމާއި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ މަޝްރޫޢުއެއް

  • ރައްޔިތުންގެ އެއްވެސް ހައްޤަކަށް އުނިކަން ނާންނާނެ ކަމުގެ ޔަޤީންންކަސް ސަރުކާރުން ދޭ

ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒު ސަރުކާރުން ގެންގުޅެއެވެ. ދުރުރާސްތާގެ މުސްތަޤުބަލަކަށް ރޭވުންތެރި މަސައްކަތެއް ކުރަމުންދާއިރު، އެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ޤައުމަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ހައްލު ގެނައުމެވެ. ރަސްމާލެ ތަރައްޤީކުރަނީ މިފަދަ ގިނަ މައްސަލަތަކަށް ހައްލު ގެނުވާނެ މަސައްކަތެއް ގޮތުގައެވެ.

ރަސްމާލެއަކީ ރާއްޖޭގައި މިވަގުތުވެސް އޮތް ބިމުގެ ގޮތުން އެންމެ ތަނަވަސް ސަރަޙައްދެވެ. ރަސްމާލެ ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދުމަށް، ގާތްގަނޑަކަށް އެތަނުގެ ބިމުގެ 1000 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ބޭނުންކުރުމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދައިމީ ހައްލެއްގެ ގޮތުގައި މިރަށް ތަރައްޤީކުރާއިރު ރަށުގެ އަނެއް ފަޅި ތަރައްޤީކުރަނީ ރިއަލް އެސްޓޭޓް ސިނާޢަތެއް އުފައްދައި އިޤްތިޞާދީ ހަރަކާތްތެރިކަން ދެމެހެއްޓުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަޝްރުޢުއާއި ގުޅުވައި ދެއްވާ އެންމެ ބޮޑު ޔަޤީންކަމަކީ، މިމަޝްރޫޢުގެ ތެރެއިން، ރައްޔިތުންނަށް ދޭން ކަނޑައަޅާފައިވާ ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އުނިވެގެން ނުދާނެ ކަމެވެ. މިމަޝްރުޢޫއަކީ އޭގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ މަޝްރޫޢުއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަސްމާލެ ތަރައްޤީވެގެން އަންނައިރު ރަސްމާލެއަށް މީހުން ހިޖުރަ ކުރާނެ ސަބަބުތައްވެސް ޤާއިމްކުރަންޖެއެވެ. އެރަށް ތަރައްޤީވެގެން އައުމުން 20 މިނެޓް ދުރުގައި އޮތް މާލެއަށް ކޮންމެ މީހަކު ވަޒީފާއަށް ނުވަތަ ތަޢުލީމު ހޯދުމަށް ދަތުރު ނުކުރާނެއެވެ. އެހެން ކަމުން އިޤްތިޞާދީ ހަރަކާތްތެރިކަން ގެނުވަން މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަން ގުޅެނީ ރަސްމާލޭގެ އަނެއްފަޅީގައި އީގަލް ހިލްސް ކުންފުނީގެ ފަރާތުން ތަރައްޤީ މޯލްޑިވްސް ވޯޓަފ ފްރަންޓް އެންޑް މެރީނާ މަޝްރުޢުއާއެވެ،

މިމަޝްރުޢޫއާއެކު އެރަށުގައި އެކަނިވެސް 15،000 ވަޒީފާ އުފެދޭނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. މިތަނުގައި ތަރައްޤީވެގެންދާއިރު 1500 އެއްހައި ފިހާރަތައް ހުންނާނެއެވެ. މި ތަންތަން ހިންގުމަށް ދޫކުރާއިރު ދިވެހިނަށް އިސްކަންދޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. މި ސަރަހައްދުގައި ތަރައްޤީކުރެވޭ އެހެން ވަސީލަތްތަކާއި ގެތައް ބަލަަހައްޓަން މީހުން ބޭނުންވާނެއެވެ. އެހެންކަމުން ދިވެހިންނަށް މަސައްކަތް ކުރުމަށާއި ވިޔަފާރިތައް ހިންގުމުގެ ފުރުސަތުވެސް މި ސަރަހައްދުގެ ތެރެއިން ފަހިކޮށްދެއެވެ.

މިވަގުތު މަސައްކަތްތައްދާ ގޮތަށް ބަލާއިރު، ރަސްމާލެ ހިއްކައި ނިމުނަސް އެ ރަށުގެ އާންމުން ދިރިއުޅޭ ފަޅި ތަރައްޤީކުރުމަށްވެސް ސަރުކާރުން ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. މަގުތައް ހެދުމާއި، އަސާސީ ޚިދުމަތްތައް ޤާޢިމްކޮށްދިނުމަކީ ސަރުކާރެއްގެ ޒިންމާއެކެވެ. ކަން މިހެން އޮތުމުން ރައްޔިތުން ޚާއްސަކޮށް ރަސްމާލެއިން ނަފާ ހޯދަން ބޭނުންވާ ފަރާތްތަކާއި އެތަނުގައި ދިރިއުޅުމުގެ ވިސްނުން ގެންގުޅުއްވާ ފަރަތްތަކުގެ އެންމެ ބޮޑު ސުވާލަކަށް އުފެދެނީ ރައްޔިތުންނަށް ރަސްމާލޭގެ ޢަމަލީ މަސައްކަތެއް ފެންނަނީ ކިހާ ހިސާބަކުތޯއެވެ. ރަސްމާލެ ތަރައްޤީކުރަން މަސައްކަތް ކުރާ ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ މަސައްކަތެއް ރަނގަޅަށް ފެށުމަށް އަހަރެއްހާ ދުވަހުގެ ތައްޔަރީތައް ބޭނުންވާނެއެވެ.

"ކުރެހުމެއް ފެންނަ ހިސާބުން، ތެދުވެރި ޑިވެލޮޕަރަކަށް އެއާ އެއްގޮތަށް ޑިޒައިން ތައްޔާރުކުރުމަށް 12 މަސްދުވަސް ބޭނުންވާނެއެވެ. ތަޞްވީރެއް ފެނުމަކީ އެއްކަން. ނަމަވެސް ޢިމާރާތް ޑިޒައިންކޮށް، އޭގެ ސްޓްރަކްޗަރާއި، އެއަރކޮންޑިޝަން ސިސްޓަމާއި، އިލެކްޓްރިކަލް މަސައްކަތްތައް ޑިޒައިންކޮށް، އަދި އިންޖީނުގެތައް ބިނާކޮށް، މިފަދަ އެންމެހައި ކަންކަން ނިންމައި ޢަމަލީ މަސައްކަތަށް ސައިޓަށް ނުކުތުމަށް އާންމުގޮތެއްގައި 12 މަސްދުވަސް ނަގާނެ. އަޅުގަނޑުމެންނަށް މި މަޝްރޫޢުގެ މަސައްކަތް އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ފެށިދާނެ. އެއީ ކުރިން ލިބިފައިވާ ބައެއް ތަޖުރިބާގެ ސަބަބުން" އަލްއައްބާރު ވިދާޅުވިއެވެ.

ރަސްމާލޭގެ ދެފަޅި ތަރައްޤީވެގެންދާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ވަކި ދެފަންތިއެއްގެ ރަށެއްގެ ތަރައްޤީވެ ރަސްމާލޭގެ ރައްޔިތުންނަށް ރަށް އެއްކޮށް ބަނދުވާނީތޯއެވެ. އަލްއައްބާރު ވިދާޅުވި މިކަމުގައި އެކުންފުނިން ދާނީ ސަރުކާރުން ދައްކާ މަގުން ކަމަށެވެ. އޭނާ އަސާސެއްގެ ގޮތުގައި ޤަބޫލުރައްވާ އެއްކަމަކީ މިފަދަ ބިޔަ މަޝްރޫޢުއެއް ހިންގާއިރު ރައްޔިތުންނާއި ގުޅުން އޮންނަން ޖެހޭ ކަމެވެ.