ޚަބަރު

އައިޑީ ކާޑު ހެއްދުމާއި އާކޮށްދިނުމުގެ ޙިދުމަތް އަލުން ފަށައިފި


އައިޑީ ކާޑު ހެއްދުމާއި އާކޮށްދިނުމުގެ ޙިދުމަތް އަލުން ދޭން ފަށައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން މިޙިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު ޑީއެންއާރުން މިހާރު ވަނީ އައިޑީ ކާޑު ހެއްދުމާއި އާކޮށްދިނުމުގެ ޙިދުމަތަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުއިން ވިދާޅުވީ އާއި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހައާއި ރައްކާތެރިކަމަށްޓަކައި މިހާރު އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އައިޑީ ކާޑު ހެއްދުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލާ އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެއެވެ.

ކާޑު ބަލާ ދާންޖެހޭނީ ކާޑުގެ ވެރިފަރާތެވެ. ޑީއެންއާރުއިން ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ޙަވާލުކުރާނީ، އައި.ޑީ ކާޑު ހިފައިގެން އަންނަ އެ ކުދިންގެ ބެލެނިވެރީންނާއެވެ. ވެރިފަރާތަށް ނާދެވޭނަމަ ފޯމު ހުށަހަޅާއިރު، ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ސަބަބު ބަޔާންކޮށް، ވެރިފަރާތުގެ ސިޓީއެއް (ސޮޔާއެކު) ހިމަނަންޖެހޭނެކަމަށް ޑީއެންއާރުން ހާމަކުރެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޤާއިމު ކޮށްފައިވާ ކަލެކްޓިންގ ސެންޓަރުތަކަށް ހުށަހަޅާ ކާޑުތައް ލިބޭނީ އެ ސެންޓަރުތަކުންނެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމުން އައިޑީ ކާޑު ހެއްދުމާއި އާ ކޮށްދިނުމުގެ ޚިދުމަތްވެސް އޮތީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮތްނަމަ އެކާޑު ބޭނުންކޮށްގެން ހޯދަންޖެހޭ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ސަރުކާރުންވަނީ ހަމަޖައްސައިދީފައެވެ.