ޚަބަރު

އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފި


ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައި ވަނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންންވީ ދިވެހި ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު ޢަބްދުލް ރައްޒާޤެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރޮޓެކްޓިވް ކަވަރރޯލް، ލެޓެކްސް ގްލަވްސް، ސޭފްޓީ ގޮގްލްސް އަދި ސަރޖިކަލް އަންގި އެވެ.

މިރަސްމިއްޔާތުގައި އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާއި ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖެއަށް އެހީވުމުގެގޮތުން، އެގި ގަޢުލޫމަތަކުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދަނީ، ކޯވީޑް 19އާއި ގުޅިގެން ބޭނުންކުރާ ސާމާނު ފޯރުކޮށްދެމުންނެވެ.