ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު، ސަރުކާރުން ކުރިއަށް ގެންދަން ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރުޢުތަކުގެ ތެރެއިން ހަތަރު ހާސް ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކުރެއްވުމަށް ތައްޔާރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅުވެސް "ފަހި ދިރިއުޅުން" މިނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1700 ހައުސިންގ ޔުނިޓް ޢިމާރަތްކުރުމަށް ބިންގާ އަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެންމެބޮޑަށް ބޭނުން ވެފައިވާ އެއްކަމަކީ ބޯހިޔާބވަހިކަންކަމަށެވެ. މިކަން ހައްލުކުރެއްވުމަށް ދުރާލައި ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކުގެ ބައެއް ތަފްސީލް އެމަނިކުފާނު ހާމަކުރެެއްވިއެވެ.
އެގޮތުން ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން 1700 ހައުސިންގް ޔިނިޓް ޢިމާރާތްކުރުމުގެ ބިންގާ އަޅާފައިވާކަމާއި، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ 4000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢުގައި ސޮއިކުރުމަށް ތައްޔާރުވެފައި ވަނިކޮށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޗައިނާގެ ދެ ކުންފުންޏަކާއެކު އިތުރު 3000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަޝްވަރާ ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
ވެރިކަމުގެ މިދައުރުގެ ތެރޭގައި ކުރުމަށް ސަރުކާރު ކޯލިޝަނުން ވެފައިވާ ހުރިހާ ވަޢުދެއް ފުއްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސަރުކާރުން ވަޢުދު ވެފައިވާ އެންމެބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވެސް ފަށައިގެން ހުއްޓުމެއްނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން މާލެއާއި ގުޅީފަޅު ބްރިޖް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރޫގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. ކޯވިޑް-19ގެ ސަބަބުން މަޝްރޫތައް 6 މަސްދުވަހަށް ލަސްވެގެންދިޔައިރު، މީގެ އިތުރަށް އިތުރު މުއްދަތެއް މިމަޝްރޫޢުތައް ނިންމުމަށް ނުނަގާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަޢުދުވެފައިވާ މަޝްރޫތައްވެސް ކުރިއަށްދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ކުދި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ކުރިން ތާވަލުކުރި ތަރުތީބަށް ބަދަލު އައި ނަމަވެސް މިހުރިހާ މަޝްރޫތައްވެސް މިދައުރުގެ ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.