ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅުނު ދެހާހަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލެވިއްޖެ - ފޮރިން މިނިސްޓްރީ


މިދިޔަ އޭޕްރީމް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި މީހުން ފޮނުވާލާފައިވަނީ މިކަމަށް ޚާއްސަކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބޭއްވި 11 ފްލައިޓުގައާއި، ބަންގްލަދޭޝްގެ ބިމާން އެއަރގެ ފްލައިޓެއްގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ 2 މަތިންދާބޯޓެއްގެ އިތުރުން ރާއްޖޭގައި ޤަވާޢިދާ އެއްގޮތަށް އުޅެމުންދާ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ ޤައުމަށް ދިޔުމަށް ބޭނުންކުރި މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއްގައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށްވެސް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.