ޚަބަރު

ކޯވިޑް-19 : އިތުރު 17 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު 2137 އަށް އަރައިފި


ރާއްޖޭއިން އިތުރު 17 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2137 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު އިރުއޮއްސި 6 ޖެހުމާހަމަށް އިތުރު 17 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތަރޭގައި 7 ދިވެހިންނާއި، ބަންގްލަދޭޝްގެ 6 މީހުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 3 މީހަކާއި ނޭޕާލްގެ އެކަކެވެ.

މިއާއެކު މިބަލީގައި މިހާރު ފަރުވާދޭ މީހުންގެ އަދަދަކީ 368 އެވެ.