ޚަބަރު

ހުޅުދޫމީދޫ ބަހާއުއްދީން މަގަގައި ތާރު އަޅާ ނިންމައިފި


އައްޑޫސިޓީ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމީދޫ ބަހާއުއްދީން މަގުގައި ތާރުއަޅާ ނިންމައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ 2.2 ކިލޯމީޓަރުގެ މި މަގުގައި 55 މިލިމީޓަރުގެ ބޯމިނުގައި ތާރު އަޅާފައިވާކަމަށެވެ. އަދަި މގުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ހުޅުމީދޫ ބަހާއުއްދީން މަގުގެ މަސައްކަތް އެމްތީސީސީއާއި ހަވާލު ކުރީ މިދިޔަ އަހަރު މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް އެކުންފުނިން ވަނީ މަސައްކަތް ހަވާލިވިތާ އެއްދުވަސް ތެރޭ ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން ބަހާއުއްދީން މަގުގެ ދުވާރާއި އެކު ސްޓޯމް ވޯޓާ މެނޭޖެމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. 42.5 މިލިއަން ރުފިޔާ ހަރަދުކުރާ މި މިމަޝްރޫއުގެ މަސައްކަތް އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.