ވިޔަފާރި

އެމްޓީސީސީ ކަށަވަރު ޝޯވ ރޫމް ކަސްޓަމަރުންނަށް ހުޅުވާލައިފި


އެމްޓީސީސީ ކަށަވަރު ޝޯވ ރޫމް ހުޅުވައި، ކަސްޓަމަރުންނަށް ޙިދުމަތް ދޭން ފަށައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ސިޓީ ފުރަބަންދަކަށް ދިއުމާއެކު ކަށަވަރު ޝޯވ ރޫމްވެސް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ކޮންމެހެން ދޭންޖެހޭ ޙިދުމަތްތައް ދިނުމަށް ހަފްތާއަކު ދެ ދުވަހު 2 ގަޑިއިރަށް ފިހާރަ ހުޅުވާފައިވެއެވެ.

އެމްޓީސީސީގެ ޓްރޭޑިންގ ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ ކަށަވަރު ޝޯވް ރޫމް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން 1:30 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ކަށަވަރު ޝޯވ ރޫމަށް ވަންނަން ބޭނުންކުރަން ޖެހޭނީ ބޮޑުތަކުރުފާން މަގުގައި ހުންނަ ގޭޓު ކަމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށްޓަކައި ފިހާރައަށް އެއްފަހަރާ ވަދެވޭނީ 3 ކަސްޓަމަރުންނަށް ކަމަށް އަދުހަމް ވިދާޅުވިއެވެ.

" ފިހާރައަށް ވަނުމުގެ ކުރިން ޓެމްޕެރޭޗަރ ޗެކްކޮށް، މާސްކު އަޅައިގެން ހުރިތޯ ބަލާނެ އަދި ސެނިޓައިޒަރއިން އަތް ދޮވެލަން ޖެހޭނެ، ފުރަތަމަ އަންނަ މީހަކަށް ފުރަތަމަ ޙިދުމަތްދޭ ގޮތަށް ހަމަޖެހިފައި އޮތީ" އަދުހަމް ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.