ޚަބަރު

ކޯވިޑް-19 : އިތުރު 36 މީހުން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 644 އަށް


އިތުރު 36 މީހުން ބަލިން ރަނގަޅުވެ ރާއްޖޭގައި ކޯވިޑް19 އިން ރަނގަޅުވި މީހުންގެ އަދަދު 644 އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭ އިރުއޮއްސި 6 އިން މިރޭ އިރުއޮއްސި 6 އާހަމައަށް އިތުރު 36 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 އިންސައްތަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން އެންމެ ގިނަ މީހުން ރަނގަޅުވި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެނީ އިއްޔެއެވެ.

އިއްޔެ ވަނީ 120 މީހުން މިބަލިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ދިވެހިން ގިނަކަން އެންއީއޯސީން ފާހަގަކުރައްވައެވެ.

ރާއްޖެއިން ކޯވިޑް19 ފެނުނުތާ 88 ދުވަސްވެފައިވާއިރު މިހާތަނަށް 1850 މީހުން މިބައްޔަށް ޕޮޒިޓިވްވެފަ ވެއެވެ.