ވިޔަފާރި

އެސްޓީއޯ ސުޕަރމާޓް އާއްމުންނަށް ހުޅުވާލައިފި


އެސްޓީއޯ ސުޕަރމާޓް ފިހާރަ އާއްމުންނަށް ހުޅުވާލައިފިއެވެ.

އެސްޓީއޯ ސުޕަރމާޓްގެ އިތުރުން އެސްޓީއޯ ސުޕަރމާޓުގެ ހޯލްސޭލް ސެންޓަރވެސް ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

މިއަދުން ފެށިގެން އެސްޓީއޯ ސުޕަރމާޓު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް، އަދި ހަވީރު 4:00 އިން ރޭގަނޑު 9:00 އަކަށެވެ.

އެސްޓީއޯ ސުޕަރމާޓުގައި ވިޔަފާރިކުރުމުގައި އަމަލު ކުރަންޖެހޭ ވަކި އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ގަޑިއެއްގައިވެސް ވިޔަފާރިކުރުމަށް ފިހަރާއަށް މީހުންނަށް ވަދެވޭނީ ވަކި އަދަދަކަށެވެ. ދެމީހެއްގެ ދެމެދު އެއް މީޓަރުގެ ދުރުމިނެއް ބަހައްޓަން ޖެހެއެވެ. މަސްކު ބޭނުން ކުރަން ޖެހޭނެ ކަމަށާއި، ފިހާރައަށް ވަނުމުގެ ކުރިން އަތް ރަނގަޅަށް ސެނިޓައިޒް ކުރަން ޖެހޭނެކަމަށް އެސްޓީއޯއިން ހާމަކުއެވެ.

ގިނަ ބާވަތްތަކެއްގެ މުދާ އެއްތާކުން ލިބެން ހުރުމުން، އެސްޓީއޯ ސުޕަރމާޓަކީ އާއްމުންގެ މެދުގައި މަޤްބޫލް ފިހާރައެކެވެ.