ވޮލީ

މެޑަލް ނުލިބުނީ އިންތިޒާމްތައް ރަނގަޅު ނުވުމުން - ވޮލީ ކޯޗު


އިންތިޒާމްތައް ރަނގަޅުނަމަ ޤައުމީ ވޮލީ ޓީމް މާލެ އަންނާނީ
ރިހި ނުވަތަ ރަން މެޑަލް ހިފައިގެންކަމަށް ޤައުމީ ވޮލީ ކޯޗް ތައިލެންޑުގެ ސުންޓޮން ފޮސީޓާ ބުނެފިއެވެ. ނިމިގެންދިޔަ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ބެހޭގޮތުން ވާހަކަދައްކަމުން ވޮލީ ކޯޗް
ބުނީ މުބާރާތުގެ ހަތަރު ވަނަ ލިބުމުން ވަރަށް ދެރަވިކަމަށެވެ. އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްއަށް ވޮލީ ޓީމް ދިޔައީ ފައިނަލްގައި ކުޅެން
އުއްމީދުކޮށްގެންކަމަށާއި  އެހެންނަމަވެސް
މުބާރާތް ބައްވާ ޤައުމު ކަމުގައިވާ ރީޔޫނިއަންގެ އިންތިޒާމްގެ ގިނަ
މައްސަލަތަކާހުރެ ވޮލީ ޓީމް އެންމެ ބޭނުންވާ ނަތީޖާއާ ހަމައަށް ނުދެވުނީކަމަށެވެ.

 ކޯޗް
ބުނީ މިއީ ނަތީޖާ ނުނެރުވުމުން ދައްކާ ބަހަނާއެއް ނޫންކަމަށާއި، ނަމަވެސް މިއީ ހަޤީގަތްކަމަށެވެ. އެކޮމޮޑޭޝަންވެސް އެހާ ރަނގަޅު ނޫންކަމަށާއި، އަދި ރީޔޫނިއަންގެ ކެއުމަކީ ރާއްޖޭގެ
ކުޅުންތެރިންނަށް އެހާކަމުދާ ކެއުމަށްނުވުމުން، މިމައްސަލަވެސް ދިމާވިކަމަށް ކޯޗު
ބުންޏެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް ދިމާވީ މެޗް ކުޅޭ ކޯޓަށް ދިއުމަށް އެއް ގަޑިއިރަށް
ވުރެ ގިނައިރު ބަހުގައި ދަތުރުކުރަން ޖެހުންކަމަށްވެސް ކޯޗު ބުންޏެވެ. ރާއްޖެ ހިމެނުނު
ގުރޫޕްގެ ހުރިހާ ޓީމަކަށްވެސް މިމައްސަލަ ދިމާވިކަމަށާއި ރާއްޖޭގެ ކުޅުންތެރިނަން
މިކަން ބޮޑުވީ ރާއްޖޭގެ ކުޅުންތެރިންނަކީ ދިގު ދުއްވުންތައް ދުއްވާފައިގޮސް މެޗް
ކުޅޭ ބަޔަކަށް ނުވުމުންކަމަށް ޤައުމީ ވޮލީ ކޯޗް ތައިލެންޑުގެ ސުންޓޮން ފޮސީޓާ
ބުންޏެވެ.



ގޭމްސްއަށްފަހު ފުރުމުގެ ކުރިން ކޯޗް ބުނީ މިމުބާރާތަކީ
ރާއްޖެއިން ވަރަށް ރަނގަޅަށް ތައްޔާރުވި މުބާރާތެއްކަމަށާ ރަނގަޅު ނަތީޖާއެއް
ނުނެރެވުމުން އެކަމުގެ ޒިންމާވެސް ނަގާކަމަށެވެ.