ޚަބަރު

ކޯވިޑް-19 : ބިދޭސީންނަށް ޚާއްސަ، 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިންމާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިންމައި އެޗްޑީސީއާ ޙަވާލުކޮށްފިއެވެ. ޗައިނާގެ ކުންފުންޏަކުން ޚަރަދުކޮށްގެން އިމާރާތްކުރި މި ފެސިލިޓީގެ މަސައްކަތް ނިންމާ އެޗްޑީސީއާއި ހަވާލުކުރިކަން ޗައިނާގެ ސަފީރު ޖެންގް ލީ ޖޮންގް ވަނީ ހާމަކުރައްވާފައެވެ.

ހުޅުމާލޭގައި 2600އަށްވުރެ ގިނަ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންންވެ.ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށް އަމިއްލަ ކުންފުނިތަކުގެ އެހީގައި ހަދާ އެކަމަޑޭޝަން ބްލޮކްތައް ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. 3 ޕްރޮޖެކްޓަކަށް ބަހާލައިގެން ހަދާ މިއެކަމަޑޭޝަން ބްލޮކްތަކުގައި 2684 ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މަޢުލޫމާތުލިބެއެވެ.

އެޗްޑީސީން މިދިޔަމަހުގެތެރޭގައިވަނީ ހުޅުމާލޭގައި ބިދޭސީންނަށް އެކަމަޑޭޝަން ޤާއިމުކޮށްދިނުމަށް އަމިއްލަ ކުންފުނިތަކަށް ހުޅުވާލާފައެވެ. މިކަމަށް ހުޅުވާލުމުން ފަސް ކުންފުންޏަކުންވަނީ މިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެހީވުމަށް ހުށައަޅާފައެވެ. އަމިއްލަ ކުންފުނިތަކުން މިމަސައްކަތް ކުރަމުންދަނީ 3 ޕްރޮޖެކްޓަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި މިހާރުވަނީ އެޗްޑީސީއާ ޙަވާލުކޮށްފައެވެ. އެގޮތުން މަސައްކަތް ނިންމައި ހަވާލުކޮށްފައިވަނީ ބިދޭސީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެކެވެ.

ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަންގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 800 ބިދޭސީންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މިޕްރޮޖްކްޓްގެ ދަށުން އެކޮމޮޑޭޝަން ބްލޮކްގެ ގޮތުގައި 6 ބިލްޑިންގ ބްލޮކް ވަނީ ތަރައްޤީކޮށްފައެވެ. މި މިބިލްޑިންގ ބޮލްކްގައި 84 ފާޚަނައާއި، އެއްފަހަރާއި 175 މީހުންނަށް ބޭނުންކުރެވޭނެ ކެންޓީނެއް ހިމެނެއެވެ.

ބިދޭސީންނަށް ޚާއްސަކޮށް ތަރައްޤީކުރާ ފެސިލިޓީގެ އަޕްޑޭޓް ހާމަކޮށް އެޗްޑީސީއިން މީގެ ކުރިން ކުރި ޓުވީޓެއް

މީގެ އިތުރުން އެސްޓީއޯއާއި ބީޔޫސީޖީ އާއި ޖައުސާ ގުޅިގެން 1292 މީހުންގެ ޖާގައިގެ ފެސިލިޓީއެއްދަނީ ހަދަމުންނެވެ. 6 ބިލްޑިންގ ބްލޮކް އާއި 96 ފާޚާނާ ހިމެނޭ ގޮތަށް ހަދާ މިފެސިލިޓީގައި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ ކެންޓީނެއްވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ.

ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުވައި ދިނުމަށްޓަކާ އެމްޕީއެލްއާއި އެސްޖޭ ގްރޫފް އާއި ފެޑޯ ގުޅިގެންވެސް 592 މީހުންގެ އެކަމަޑޭޝަން ބްލޮކްތަކެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޕްރީފެބްރިކޭޓް 6 އެކަމަޑޭޝަން ބްލޮކާއި، 42 ފާޚާނައާއި 154 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ކެންޓީނެއްދަނީ ހަދަމުންނެވެ. މި މަސައްކަތުގެވެސް %50 އަށްވުރެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ މީގެ ކުރިންވެސް ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 667 އެނދުގެ ފެސިލިޓީއެއްގެ މަސައްކަތް ނިންމާފައެވެ. ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ތަންތަނާއި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނުން ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ގުޅީފަޅުގައިވެސް ބިދޭސީންނަށް ޙާއްސަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ ތަރައްޤީކޮށްފައެވެ.