ޚަބަރު

ކޯވިޑް-19 : އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމަށް އިތުރު 2 ފްލައިޓު


ރާއްޖޭގައި ތާށިވެފައިތިބި އިންޑިއާ ރައްޔިތުން އަނބުރާ ފޮނުވާލުމަށް އިތުރު ދެ ފްލައިޓް ދަތުރު ބޭއްވުމަށް ނިންމައިފިއެވެ. މި މަހުގެ 22 އަދި 23ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ދެ ސަރަހައްދަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

އެއަރ އިންޑިއާގެ މި ފްލައިޓްތައް ބާއްވާނީ، މާލެއިން ދިއްލީއަށް އަދި މާލެއިން ބެންގަލޫރަށެވެ. އެގޮތުން މި ދެ ފްލައިޓުގައި 8 ބިޒްނަސް ކްލާސް ސީޓާއި 141 އިކޮނޮމީ ކްލާސް ސީޓް ހުންނާނެކަމަށް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވެއެވެ. އިންޑިއާ ހައި ކޮމިޝަނުންވަނީ މި ފްލައިޓްތަކުގެ ފެއަރ ޓިކެޓުގެ އަގުތައްވެސް ހާމަކޮށްފައެވެ. އެގޮތުން މާލެއިން ބެންގަލޫރަށް ދަތުރުކުރާއިރު، އިކޮނޮމީ ކްލާހުން ދަތުރުކުރެވޭނީ 372 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރެވޭނީ 533 ޑޮލަރެވެ. މީގެ އިތުރުން މާލެއިން ދިއްލީއަށް ދަތުރުކުރާއިރު، އިކޮނޮމީ ކްލާހުން ދަތުރު ކުރެވޭނީ 402 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރު ކުރެވޭނީ 501 ޑޮލަރެވެ. މީގެ ކުރިން އިންޑިއާ ސަރުކާރުން ވަނީ އިންޑިއާގެ އަސްކަރީ މަނަވަރުގައިވެސް 1500އެއްހާ މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. އެގޮތުން މި ދަތުރަށް ބޮލަކަށް 40 ޑޮލަރު ވަނީ ނަގާފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓް

އިންޑިއާ ހައިކޮމިޝަނުންވަނީ މާލެއިން ދިއްލީއަށް ދަތުރުކުރާ ފްލައިޓްގައި ދެވޭނީ، ދިއްލީ، ބިހާރް، ޕަންޖާބް، ހަރިޔާނާ، ޗަންޑީގަރް، މާދްޔަ ޕްރަދޭޝް، ހިމާޗަލް ޕްރަދޭޝް، އުއްތަރް ޕްރަދޭޝް، އުއްތްރަކަންޑް، ޗަޓިސްގަރް، ޖާކަންޑް، އޮޑީޝާ، މެހްލްޔާ، ރާޖިސްތާން އަދި އަސާމްއަށް ކަމަށެވެ. މީގެ އިތުރުން މަގަލްޔާ، ސިއްކިމް، މަނިޕުރް، ޓްރިޕޫރާ، ނަގަލަންޑް، މިޒޯރަމް، އަރޫޗަލް ޕްރަދޭޝް، ޖަންމޫ އަދި ކަޝްމީރްގެ މީހުންވެސް ދަތުރުކުރުމަށް ހަމަޖެހިފައުވަނީ މި ފްލައިޓުންނެވެ. މާލެއިން ބެންގަލޫރަށް ދަތުުރުކުރާ ފްލައިޓްގައި ދަތުރުކުރާނީ، ކަރްނާޓަކާ، ޓެލެނަގާ އަދި އަންދްރަ ޕްރަދޭޝްގެ ރައްޔިތުންންވެ.

ބެންގަލޫރު އަދި ދެއްލީއަށް ދިއުމަށް ފްލައިޓްތަކެއް ހަމަޖައްސާފައިވާއިރު އިންޑިއާ ހައިކޮމިޝަނުންވަނީ، މާލެއިން މުމްބައިއަށް އަދި މާލެއިން ޗެންނައިއަށް ފްލައިޓްތަކެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންންވެ. އެގޮތުން މި ދަތުރުތަކުގައި ދާން ބޭނުންވާ ފަރާތްތައް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުމްބައި ފަލްއިްޓްގައި މަހަރާޝްޓްރަ ގޯއާ އަދި ގުޖްރާތްގެ ރައްޔިތުން ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޗެންނާއި ފްލައިޓްގައި ޓަމިލްނާޑޫ އަދި ޕުޑުޗެރީގެ ރައްޔިތުން ދިއުމަށް ވަނީ ފުރުސަތު ހޅުވާލާފައެވެ.

އިންޑިއާ ސފީރު ސަންޖޭ ސުދީރް ވިދާޅުވިގޮތުގައި ރާއްޖޭގައި މިވަގުތު އިންޑިއާގެ ހަތާވީސް ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދެއެވެ. މީގެ ތެރެއިން ހަތަރުހާސް ފަސްސަތޭކަ މީހުން އަނބުރާ ޤައުމަށް ދިއުމަށް ހައި ކޮމިޝަންގައި އެދިފައިވާކަމަށެވެ. މީގެ ތެރެއިން 1800 މީހުން ކަނޑުމަގުން ގޮނުވާލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ދަށުން އިޖުތިމާޢީ ގައިދުރުކުކަން އިތުރުކޮށް ރައްކާތެރިކަމާއެކު މީހުން ގެންދެވޭނެކަމަށް އިންޑިއާގެ ހައި ކޮމިޝަނަރ ވިދާޅުވިއެވެ.