ޚަބަރު

ރާއްޖެއިން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1094 އަށް އިތުރުވެފައެވެ. މިރޭ ޕޮޒިޓިވްވި 4 މީހުންނަކީވެސް ދިވެހިންނެވެ.

އެޗްޕީއޭއިން މިރޭ ވަނީ އިތުރު 2 ފަހަރެއްގެ މަތިން ޕޮޒިޓިވް ކޭސްތައް ހާމަކޮށްފައެވެ. އެގޮތުން މިރޭ 8:30 ފެށިގެން މިހާތަނަށް 9 ދިވެއްސަކާއި، ބަންގްލަދޭޝް ފަސްމީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާ މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވި ބިދޭސީންގެ އަދަދުމިވަނީ 706 އިތުރުވެފައެވެ. ދިވެހިންގެ ތެރެއިން ކޯވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 388 މީހުންނެވެ.

އެންއީއޯސީން ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފްރޮންޓްލައިންގައި ޚިދުމަތްދޭ 199 މީހުންވެސް ހިމެނޭކަމަށެވެ.

ރާއްޖެއިން މިހާރު މި ބައްޔަށް ޕޮޒިޓިވްވާމީހުންގެ ޢަދަދު މިހާރު ދަށަށް ދާންފަށާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވަނީ ވިދާޅުވެފައެވެ. ކޯވިޑަށް ތެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައިވަނީ 15،274 ސާމްޕަލް ނަގާފައެވެ. އަދި 420 ސާމްޕަލް ނަތީޖާ ނުލިބިވާކަމަށާއި، އެހެންކަމުން ޕޮޒިޓިވްވާ މީހުން މާދަމާ އިތުރުވެދާނެކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.