ވޮލީ

ފިރިހެން ވޮލީ ޓީމަށް 4 ވަނަ


ރާއްޖޭގެ ސީނިއަރ ފިރިހެން ވޮލީބޯޅަ ޓީމް މެޑައްޔެއް ނުލިބި ގޭމްސް
ނިންމާލައިފިއެވެ. މެޑައްޔަކަށް އުއްމީދުކޮށްގެން އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްއަށް އައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމް މެޑައްޔަކަށް ކުރި އުއްމީދު ގެއްލުނީ
ތިންވަނަ ހޮވުމަށް މިއަދު ކުޅުނު މެޗުގައި މޮރިޝަޝް އަތުން ބަލިވުމުންނެވެ.
މޮރިޝަޝް އަތުން ދިވެހި ޓީމް ބަލިވީ ސީދާ ތިން ސެޓުންނެވެ.



މެޗުގެ ސެޓްތައް މޮރިޝަޝް ގެންދިޔައީ 25-17، 25-23 އަދި 25-20 ނެވެ.
ރާއްޖެއަށް ފައިނަލްގެ ފުރުޞަތު ގެއްލުނީ ރޭ ސީދާ ތިން ސެޓުން ރީޔޫނިއަން އަތުން
ބަލިވުމުންނެވެ.