ބެޑްމިންޑަން ސިންގަލްސް
ކުއާޓާރ ފައިނަލަށް ނަޝީޢުއާ އަޖުފާން ދަތުރުކޮށްފިއެވެ.މިހާރު ކުއިއަށްދާ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ފެށި ސިންގަލްސް މެޗްތަކުން ނަޝީއު
ކުއާޓާރ ފައިނަލުން ޖާގަހޯދީ ސީޝެލްސްގެ ކުޅުންތެރިޔާ ސިދާ ދެ ސެޓުން
ބަލިކޮށްގެންނެވެ. ނަޝީޢު ސެޓްތަށް ގެންދިޔައީ އެކާވީސް އަށެއް އަދި އެކާވީސް
ހަތަކުންނެވެ. ނަޝީޢު ބަލިކޮށްފައިވަނީ މިމުބާރާތުގައިވެސް އެއްވަނާގައި
ސީޑްކޮށްފައިވާ ކުޅުންތެރިއެކެވެ. އަޖުފާން ކުއާޓަރއިން ޖާގަހޯދީ ސީޝެލްސްގެ
ކުޅުންތެރިޔާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އަޖުފާން ސެޓްތަށް ގެންދިޔައީ އެކާވީސް
ތޭރަ އަދި އެކާވީސް ސަތާރައިންނެވެ. މިމުބާރާތުގައި މިހާރުވެސްދަނީ ސިންގަލްސް
އަންހެން މެޗްތަކާ ފިރިހެން މެޗްތަށް ކުޅެމުންނެވެ.