ކުޅިވަރު

ނީލާއާއި މައިސާއާއި އަޖްފާނާއި މައިސާ ކުއާޓަރ ފައިނަލަށް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން މިކްސް ޑަބަލްސްގެ ކުއާޓަރ ފައިނަލުން އަޖްފާނާއި މައިސާގެ ޕެއަރ ޖާގަ ހޯދިއިރު ނީލާއާއި މައިސާގެ ޕެއަރ އަންހެން ޑަބަލްސް އޯޕަން ބައިގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ނީލާ ނަޖީބާއި މައިސާ އިސްމާއިލްގެ ޕެއަރ ޑަބަލްސް އޯޕަން ކެޓަގަރީގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި މަޑަގަސްކަރައިގެ ޕެއަރ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެއީ 21-12 21-18 އިންނެވެ.

މިއަދުގެ މެޗުތަކުގައި ރާއްޖޭގެ އެއްވަނަ އަންހެން ޕެއަރ ނަބާ އާއި ނަބީހާގެ ޕެއަރގެ މެޗެއް ކުޅެފައެއް ނުވެއެވެ. ފިރިހެން ޑަބަލްސް ކެޓަގަރީގައި ނިޝީއުއާއި ނަޝްފާންގެ ޕެއަރވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ.

މިކްސް ޑަބަލްސް ތިން ޕެއަރއަށް މިއަދުގެ މެޗުތަކުގައި ރާއްޖެއިން ވާދަކުރިއިރު މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ މުޙައްމަދު އަޖުފާން ރަޝީދާއި މައިސާ އިސްމާޢީލްގެ ޕެއަރއެވެ. އެއީ ރިޔޫނިއަންގެ ޕެއަރ، ދެސެޓުން ބަލިކޮށްގެންނެވެ. އެއީ 21-12 21-15 އިންނެވެ.

މީގެއިތުރުން ރާއްޖެއިން ވާދަކޮށްފައިވަނީ ނަޝްފާނާއި ޝަހުރުނާޒްގެ ޕެއަރއާއި ނަޝީއުއާއި ނީލާގެ ޕެއާރއެވެ.