ބެޑްމިންޓަން

ފިރިހެން ބެޑްމިންޓަން ޓީމް ލިބޭނެ މެޑަލްއެއްގެ އިންތިޒާރުގައި


ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް ކުޅެންޖެހޭ މެޗުތައް ނިންމާލުމަށްފަހު
ލިބޭނެ މެޑަލްއަކަށް އިންތިޒާރުކުރަން ފަށައިފިއެވެ. ލީގު ބުރުގައި ރާއްޖޭގެ ޓީމް
ފަހު މެޗުގައި ދެންމެ މަޑަގަސްކަރައިގެ މައްޗަށް ވަނީ ސީދާ ފަސް މެޗުން ކުރި
ހޯދާފައެވެ.



ފުރަތަމަ މެޗު މުޙައްމަދު އަޖްފާން ރަޝީދު ކާމިޔާބުކުރީ ދެ ސެޓް އެއް
ސެޓުންނެވެ. އެއީ 21-18، 18-21، އަދި 20-22 ނެވެ. ސިންގަލްސް ދެވަނަ މެޗު ނަޝީއު
ޝަރަފުއްދީން ކާމިޔާބުކުރީ ސީދާ ދެ މެޗުންނެވެ. އެއީ 21-08، 21-10 ނެވެ. ތިންވަނަ
މެޗު ޝާރިމް ކާމިޔާބުކުރީ ދެ މެޗު އެއްމެޗުންނެވެ. އެއީ 22-20، 15-21، 12-21 ނެވެ.




ޑަބަލްސް ފުރަތަމަ މެޗު ނަޝީއުއާއި ނަޝްފާންގެ ޕެއަރ ކާމިޔާބުކުރީ ސީދާ
ދެސެޓުންނެވެ. އެއީ 21-10، 21-15 ނެވެ. ފަހު ޑަބަލްސްގައި ޝާރިމްއާއި ޒަޔާން
ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އެއީ 21-18، 18-21 އަދި 16-21 ނެވެ.



މިނަތީޖާއާއެކު ރާއްޖޭގެ ފިރިހެން ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން
ތިން މެޗު ކާމިޔާބުކޮށްފައެވެ. ރީޔޫނިއަން އަތުން މޮޅުވީ ތިން މެޗު ދެ މެޗުންނެވެ.
ސީޝެލްސް އަތުން މޮޅުވީ ހަތަރު މެޗު އެއް މެޗުންނެވެ. މަޑަގަސްކަރަ އަތުން ސީދާ
ފަސް މެޗުންނެވެ. މޮޅު ނުވެވުނީ މޮރިޝަޝް އަތުންނެވެ.



ރާއްޖެއަށް ލިބޭ މެޑަލް ކަށަވަރުވާނީ ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާ ރީޔޫނިއަންއައި
މޮރިޝަޝްގެ މެޗު ނިމުމުންނެވެ. މޮރިޝަޝް ވަނީ ކުޅުނު ތިން މެޗު
ކާމިޔާބުކޮށްފައެވެ. ރީޔޫނިއަން ވަނީ ތިން މެޗުގެ ތެރެއިން ދެމެޗު
ކާމިޔާބުކޮށްފައެވެ. ކުރިއަށް އޮތް މެޗުން ރީޔޫނިއަން މޮޅުވެއްޖެ ނަމަ ރާއްޖެއަށް
ރަން މެޑަލް ލިބުމުގެ ފުރުޞަތު ބޮޑެވެ. އޭރުން ތިން ޤައުމު މޮޅުވި މެޗު އަދި
ބަލިވި މެޗު އެއްވަރުވާނެއެވެ.



އަންހެން ޓީމް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. މިއަދު
އަންހެން ޓީމްގެ މައްޗަށް ސީޝެލްސް ކުރި ހޯދީ ހަތަރު މެޗު އެއް މެޗުންނެވެ. މޮޅުވީ
ސިންގަލްސްގައި މައިޝާ ފަޠުހުﷲ ކުޅުނު މެޗުންނެވެ. އަންހެން ޓީމަށް ޓީމް
އިވެންޓްގެ މެޑަލް ލިބުމުގެ ފުރުޞަތެއް ނެތެވެ.