ޓެނިސް

އައިއޯއައިޖީގައި ސެމީއަށް ދަތުރުކުރުމަކީވެސް ކުރިއެރުމެއް


ޓީމް އިންވެންޓްގެ ސެމީ ފައިނަލާ ހިސާބަށް ރާއްޖޭގެ ޤާއުމީ ޓޭނިސް ޓީމް
ދަތުރުކުރުމަކީވެސް ރާއްޖޭގެ ޓެނިހަށް ލިބުނު ކުރިއެކުމެއްކަމަށް ޤައުމީ ޓެނިސް
ޓީމްގެ މެނޭޖަރ އަބްދުލް ރަޝީދު ބުނެފިއެވެ. 

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި ވާދަކުރަމުންދާ ޤައުމީ ޓެނިސް ޓީމް ވަނީ ޓީމް އިވެންޓްގައި
މަޑަގަސްކަރަ ބަލިކޮށް، ސެމީއަށް ދަތުރުކޮށްފައެވެ. އަބްދުލް ރަޝީދު ބުނީ މިފަދަ
ލެވެލްއެއްގެ ބޮޑު މުބާރާތެއްގައި އަލަށް ވާދަކުރާ ޓީމަކާ އަޅާބަލާއިރު ކުޅުންތެރިން
ކުރަމުންދާ ހިތްވަރު ބަލައިގަންނަންޖެހޭކަމަށެވެ. 

ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި މުބާރާތެއް ނުކުޅުމުގެ އިތުރުން، މިސަރަހައްދުގެ ކުޅުންތެރިންގެ ފެންވަރު
އެއްވެސް ވަރަކަށް ނޭންގޭކަމަށް އަބްދުލް ރަޝީދު ބުންޏެވެ. "މިހާރު ކުޅެފައިވާ މެޗްތަކަށް ބަލާއިރުވެސް
ރާއްޖޭގެ ޓީމްގެ ފެންވަރު ދެރައެއް ނޫން، މެޗްތަކުގައި ބަލިވިކަމުގައި ވީނަމަވެސް
އިދިކޮޅުން ވާދަކުރާ ކުޅުންތެރިންނަށް ރަނގަޅު ފައިޓެއް ދެވޭ. މިފެންވަރުގެ ކުޅުންތެރިންނާ ވާދަކުރަން އަދި ވަރަށް
ދުވަސްނަގާނެ. ހާއްސަކޮށް ބައެއް ކުޅުންތެރިންނަކީ ފްރާންސްގައި ތަމްރީން
ހަދާ ކުޅުންތެރިން" އަބްދުލް ރަޝީދު ބުންޏެވެ.



ޤައުމީ ޓެނިސް ޓީމްގެ މެނޭޖަރު އަބްދުލް ރަޝީދު ބުނީ މިއީ ރައްޖޭގެ ޓެނިހަށް
ލިބުނު ކުރިއެރުމެއްކަމަށާއި، ހާއްސަކޮށް މި ފެންވަރުގެ ކުޅުންތެރިންނާ
ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޓީމަށް ލިބުމަކީވެސް ކުރިއެރުމެއްކަމަށެވެ. މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓެނިސް ޓީމް ބައިވެރިވި ފުރަތަމަ ފަހަރެވެ.