ޚަބަރު

ކޯވިޑް-19 : އެސްޓީއޯއިން އިތުރު ސިއްޙީ ސާމާނު ރާއްޖެ ގެނެސްފި


ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ބޭނުންވާ އިތުރު ސިއްޙީ ސާމާނު އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.

ޗައިނާއިން ރާއްޖެ ގެނައި މި ތަކެތި ގެނެސްފައިވާކަން ހާމަކޮށް އެސްޓީއޯއިން ވަނީ ޓުވީޓްކޮށްފައެވެ. އެސްޓީއޯއިން ވިދާޅުވީ، މި ސާމާނަކީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ގަނެގެން ގެނައި ތަކެތި ކަމަށާ، މީގެތެރޭގައި ޕާސަނަޕް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓްތައްވެސް ހިމެނެއެވެ. މިސިއްޙީ ސާމާނުގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

އެސްޓީއޯއިން ކުރި ޓުވީޓް

މި ސާމާނަކީ ޗައިނާއިން ދިން އެހީގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޗައިނާގެ އެހީ މިހަފްތާގެ ފަހުކޮޅު ރާއްޖެ ގެނެވޭވަރު ވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއިން ދަނީ ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދަމުންންވެ. އެގޮތުން މިހާތަނަށް އައިރު އިންޑިއާ، ބަންގްލަދޭޝް، ޗައިނާ އަދި އެމެރިކާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.