ވިޔަފާރި

ކޮނޑޭގެ ފަޅުތެރެއިން 6 ފޫޓުގެ ކިނބުލެއް ހިފައިފި


ކޮނޑޭގެ ފަޅުތެރެއިން 6 ފޫޓުގެ ކިނބުލެއް ހިފައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ ފުއްޓަރުފަރާތުން ހިފާފައިވަނީ 6.8 ފޫޓުގެ ކިނބުލެކެވެ. މި ކިބޫ އާއި ހަވާލުވުމަށް ފުލުހުން މިހާރު އެރަށަށް ދަތުރުކުރަމުންދާ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

އެރަށުގެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ކިނބުލުގެ ފޮޓޯއާއި ވީޑިއޯ ހިއްސާކުރަމުންނެވެ. މީގެ ކުރިންވެސް ކޮނޑޭއަށް ކިބޫ އަރާފައިވެއެވެ.