ވޮލީ

ފިރިހެން ވޮލީ ޓީމް ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފި


ރާއްޖޭގެ ސީނިއަރ ޤައުމީ ވޮލީބޯޅަ ޓީމް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް
މެޑެއްޔަކަށް ކުރާ އުއްމީދު ބޮޑުކޮށްފިއެވެ. މިރޭ މެޔޯޓްއާއި ވާދަކޮށް ރާއްޖޭގެ
ސީނިއަރ ފިރިހެން ވޮލީ ޓީމް މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.



ދިވެހި ޓީމްގެ މެޗުގެ ސެޓްތައް ގެންދިޔައީ 25-20، 25-13، އައި 25-21 ނެވެ.
މެޗުގައި ދިވެހި ޓީމުން ވަނީ މޮޅަށް ކުޅެފައެވެ. ކޮމޯރޯސް މުބާރާތުން ވަކިވުމުން
އަލުން ގުރުލީއިރު ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ސީޝެލްސްއެވެ.



ރާއްޖެ ގްރޫޕް ސްޓޭޖްގައި ކުޅޭ ދެވަނަ މެޗު އަދި ފަހު މެޗުގައި އަންނަ ބުދަ
ދުވަހުގެރޭ ވާދަކުރާނީ ސީޝެލްސްއާއެވެ. ފިރިހެން ވޮލީ ޓީމް އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްއަށް އައީ ފައިނަލްގައި ވާދަކުރުމުގެ އުއްމީދުގައެވެ.