ޚަބަރު

ކ.ގާފަރުގައި އެކަހެރިވާން އަގާފައިވާ މީހަކު ބޭރަށް ނިކުމެ އުޅެނިކޮށް ހައްޔަރުކޮށްފި


ކ.ގާފަރުގައި އެކަހެރިވާން އަންގާފައިވާ 27އަހަރުގެ ފިރިހެނަކު މަގުމައްޗަށް ނިކުމެ އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މީހާ ހައްޔަރުކުރީ ބޭރަށް ނިކުމެ އުޅުން މަނާ މީހުންގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަންގާފައިވާ އިޢުލާނާއި ޚިލާފަށް ގެއިން ބޭރަށް ނުކުތުމުން ކަމަށެވެ.

ހައްޔަރުކުރި 27އަހަރުގެ މީހާއަކީ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނޫނީ ތިލަފުށިން މީހުން ދިރިއުޅޭ ރަށްކަށް، މިމަހުގެ 18ވަނަ ދުވަހުގެ ފަހުން ދަތުރުކޮށްފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި އީ މި އުސޫލާއި ޚިލާފައިވެގެން މިގޮތަށް ހައްޔަރުކުރި ފުރަތަމަ މީހާއެވެ. ފުލުހުންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.