މާލެއިން އިތުރު 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލޭޝް މީހެކެވެ. މިއާއެކު ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17އަށް އަރާފައެވެ. އަދި މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 49އަށް އިތުރުވެފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 69އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގެ މިހާރުގެ ތަފާސް ހިސާބަށް ބަލާއިރު:
މިހާލަތާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސަސީ ތަކެއްޗާއި ސާމާނު ލުއިގޮތަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.