ވިޔަފާރި

ކޯވިޑް-19: މަސްކޭސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް މިފްކޯއިން މެދުކަނޑާލައިފި


މިފްކޯއިން ދެމުންގެންދިޔަ ގޭގެއަށް މަސްކޭސް ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

މިފްކޯއިން ބުނީ ޑެލިވަރީގެ ޚިދުމަތް މެދުކަނޑާލީ މިހާރުގެ ހާލަތަށް ބެލުމަށްފަހު މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތަށްކަމަށެވެ.

މިފްކޯއިން ބުނީ ރަޖިސްޓްރީ ކުރައްވާފައިވާ ވިޔަފާރިތަކުން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 6:00 އަށް ހުޅުމާލެ އަދި މާފަންނުގެ މިފްކޯމަސްފިހާރައަށް ވަޑައިގަތުމުން މިފްކޯއިން ވިއްކާ މަހުގެ އުފެއްދުންތައް ލިބޭނެ ކަމަށެވެ.

ޚިދުމަތް ހޯއްދަން އަންނަ އިރު މާސްކް އަދި އަންގި ބޭނުންކުރުމަށްވެސް މިފްކޯއިން އިލްތިމާޒްކުރެއެވެ. އަދި މިފްކޯ މަސްފިހާރައިން ޚިދުމަތްދޭނީ ހުއްދަ ހޯދައިގެން ބޭރުގެ އުޅޭ ފަރާތްތަކަށް އެކަނި ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ މާލެ ސިޓީ ފުރަބަންދުކުރި ފަހުން 1000 އަށްވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ އެކުންފުނީގެ މަސްދަޅުގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ފެލިވަރު މަސްކާރުކާނާއިން 4000 ކޭސް އުފައްދަމުންދާ ކަމަށެވެ. މާލެސިޓީއަށް ދުވާލެއްގެ މައްޗަށް އާއްމުކޮށް ޑިމާންޑު އުޅެނީ 400-600 ކޭސް ކަމަށް މިފްކޯއިން ބުނެއެވެ.