ޚަބަރު

އަޑިއަށްދިޔަ ލޯންޗެއްގައިތިބި 3 މީހަކު ސަލާމަތްކޮށްފި


އދ.އެރިއަދޫ އިން ދ.މީދޫއަށް ދަތުރުކުރަމުންދަނިކޮށް ހާލުގައި ޖެހުނު ލޯންޗެއްގައިތިބި 3 މީހަކު ސަލާމަތްކޮށްފިއެވެ.

މި ލޯންޗު ހާލުގައި ޖެހުނީ ފ.ފީއަލި ބޭރުން 7 މޭލު ދުރުގައި އޮއްވާ ތެޔޮ ހުސްވެގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. އެލޯންޗުގައި ތިބީ 2 ފިރިހެނަކާއި، އަންހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ލޯންޗަށް އެހީވުމަށް ފުލުހުންގެ ލޯންޗަށް އެހިސާބަށް ދެވުނުއިރު ލޯންޗު ތެރެއަށް ފަހަތުން ލޮނުގަނޑުވަދެ އަޑިޔަށްދާތީ ލޯންޗު ސަލާމަތް ކުރުމަށް ފ.ނިލަންދޫގައި އޮތް އެމްއެންޑީއެފް ސީ އެމްބިއުލާންސް އިން ޕަމްޕު ހިފައިގެން ދަތުރުކޮށް ލޯންޗާއި ހަމަޔަށް ގޮސް މަސައްކަތް ކުރަނިކޮށް މިރޭ ދަންވަރު 1:14 ހާއިރު އެ ލޯންޗު އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ލޯންޗު ހާލުގައި ޖެހިގެން އުޅޭ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 10 ޖެހިިއިރު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.